Majileehuge Raees Kamah Nasheed Ge Shaugeh Neiy
image
ކުރީގެ ރައީސް މުހައްމަދު ނަޝީދު.-- ފޮޓޯ: އެމްޑީޕީ
2 ކޮމެންޓް
 

މަޖިލީހުގެ ރައީސްކަމަށް ނަޝީދުގެ ޝައުގެއް ނެތް

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން އެއްވެސް ޝައުގެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މައްޗަން ގޯޅީ މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވަރަށް ކުރިއްސުރެ ވެސް މަޖިލީހުގެ މެމްބަރުކަން ކުރައްވަން ޝައުގު ހުންނަވާ ކަމަށެވެ.

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްހާލު ގެނައުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވަނީ މިއަދު ހުށަހަޅާފައެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ނަޝީދަށް ހުރަސްތަކެއް އެޅިދެއެވެ.

މަޖިލީހުގެ މެމްބަރުކަން ރައީސް ނަޝީދަށް ލިބިއްޖެނަމަ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރެއެވެ. އެގޮތުން މަޖިލީހުގެ ރައީސްކަން ހޯއްދަވައި ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައ ވަކި ބަޔަކު ހޮވުމަށް ރައީސް ނަޝީދު ކެމްޕެއިނު ކުރެއްވި ކަމަށް އެޕާޓީގެ ބައެއް ފަރާތްތަކުން ދެއްކި ވާހަކަތަކަށް ރައްދުދީ ނަޝީދު ވިދާޅުވީ، އެކަމަށް ޕާޓީގެ ހިންގާ ގަވައިދު ހުރަސް ނާޅައި ކަމަށައި އެ ޕާޓީގެ ޕްރައިމަރީއަކީ އިންސާފުވެރި ޕްރައިމަރީއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ހިޔާލު

ނޫސް ކިޔާމީހާ

މީނާދައްކާވާހަކަ ޤަބޫލުކުރަށްދަތި ސަބަބަކީ އަބަދުވެސް އަހުދު އުވާލާ ދެއިރު އެއްގޮތަކަށް އެއްވާހަކައެއް ނުބެނެވޭތީ. ޢިތުބާރު ނުކުރެވޭ.

ޢަންނި

އެހެން ކަމަށް ވާނަމަ މަޖިލީހުގެ ތައީސްކަން ނުލިބެނީސަ ނަޝީދު މައިތިރި އެއް ނުވާނެ.