MTDCge MD akah Thazmeel, PSMge Board Memberakah Midhhath
image
0 ކޮމެންޓް
 

އެމްޓީޑީސީގެ އެމްޑީއަކަށް ތަޒުމީލު، އަދި ޕީއެސްއެމްގެ ބޯޑު މެމްބަރަކަށް މިދުހަތު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމަށާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޓީޑީސީގެ އެެމްޑީއަކަށް މިއަދު އަންޔަން ކުރައްވާފައި ވަނީ ގއ. ދެއްވަދޫ، ކަރަންކާގޭ ތަޒްމީލް އަބްދުލް ސަމަދުއެވެ. ޕީއެސްއެއމްގެ ބޯޑު މެމްބަރަކަށް އަންޔަން ކުރައްވާފައި ވަނީ ހއ. ހޯރަފުށީ، ދަނބުރުއްދޮށުގޭ އަލީ މިދުހަތު އެވެ.

ތަޒުމީލު އެމްޓީޑީސީގެ އެމްޑީއަކަށް އަންޔަން ކުރައްވާފައި ވަނީ ރައީސް މައުމޫނު އަބްދުލް ގައްޔޫމެއްގެ ސޮލޮޓެއްގައެވެ. ތަޒުމީލަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް ރައީސް މައުމޫނާއެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން ވަނީ ޖަލަށް ލާފައެވެ.

ޕީއެސްއެމަށް އަންޔަންކުރެއްވި މިދުހަތަކީ ސަން މީޑިއާ ގުރޫޕުގެ ސަން ޓީވީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ހިޔާލު