Bidheysee Akah Vazeefage Yageenkah Dhinumahfahu Vazeefa Nudhin Massala Tribunal ah
image
ކެކޫންގެ ރެސްޓޯރެންޓެއް..
2 ކޮމެންޓް
 

ބިދޭސީއަކަށް ވަޒީފާގެ ޔަގީންކަން ދިނުމަށްފަހު ވަޒީފާ ނުދިން މައްސަލަ ޓްރިބިއުނަލަށް

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކަށް ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު، އެހެން މީހަކަށް އެ ވަޒީފާ ހަމަޖެއްސި މައްސަލައެއް ޓްރިބިއުނަލަށް ހުށަހަޅައިފި އެވެ.
ޓްރިބިއުނަލަށް ހުށަހަޅައިގެން ބަލަމުންދަނީ ލަންކާ ރައްޔިތެއް ކަމަށްވާ ކަނިޝްކަ މިގާރަ ސުމިތްރަރަޗި ކިޔާ މީހަކަށް އުތުރުމާފަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ޔޫ އެންޑް މީ ކެކޫން މޯލްޑިވްސްގެ ފުޑް އެންޑް ބެވަރޭޖަސް މެނޭޖަރުގެ މަގާމު ދޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު، އޭނާ ކުރިން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވިފަހުން އެމަގާމަށް މީހަކު ހަމަޖައްސާފައިވާ ކަމަށް އެންގި މައްސަލައެވެ.

ޓްރިބިއުނަލުން ވަނީ އުތުރުމާފަރު ހޯލްޑިންގްސްގެ މައްޗަށް އެ މަގާމަށް ދާއިމީ މީހަކު ނުނެގުމަށް ވަގުތީ އަމުރެއް ކޮށްފައެވެ.

"މައްސަލަ ހުށަހެޅިފަރާތުގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެ ކަމެއްކަމަށް ފެންނާތީ، މިމައްސަލައިގައި، ގޮތެއް ނިންމުމުގެ ކުރިން މައްސަލަ ހުށަހެޅި ކަނިޝްކަ މިގާރަ ސުމިތްރަރައަށް ހުށަހެޅި ވަޒީފާގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަނު ނުކުރުމަށް، އުތުރުމާފަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރަމެވެ." ޓްރިބިއުނަލުގެ އަމުރުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނާމެދު އަމަލު ކުރަން ޖެހޭ އުސޫލާއި ހިލާފަށް އަމަލުކޮށް، ބައެއް މީހުންގެ ޕާސްޕޯޓާއި ވިސާވެސް ހިފަހައްޓަމުންދާ ކަމަށް ރިޕޯޓްކުރަމުންދެއެވެ.
ހިޔާލު

ހަސަން

ތި ބިދޭސީންގަނޑު ބެޭރު ކޮއްބަލަ؟ ދިވެހިންތައް ވަޒީފަާ ނެތިފަ. ކަން ބޮޑު ވަނީ ކާކު؟

އެއްމެން

މިޚަބަރުން ތިޔަ ބުނާމީހާ ވަޒީފާއިން ވަކިވީ، އޭނަ އަށް ޔޫ އެންޑް މީ ކެކޫން މޯލްޑިވްސްގެ ފުޑް އެންޑް ބެވަރޭޖަސް ގެ މެނޭޖަރުގެ ވަޒީފާގެ ސޮއިކޮށްފަ އޮތް އެއްބަސް ވުމެއް ލިބިފަ އޮވެގެން ހެނެއް ހިޔެއްނުވޭ. ލަފާކުރެވެނީ އިންޓަވިއު ތެރޭގަ ވަޒީފާ ނުލިބޭނައޭ ނުބުނެ ފަހުން ޚަބަރުވެލާނަމޭ ބުނީމާ، ތިޔަމީހާ ފޯރިގަދަ ކޮށްލާފަ ކުރީގެ އެންޕްލޯޔަރަށް ދޭންވާ ނޯޓިސް ވެސް ނުދީ ވަޒީފާއިން ވަކިވީހެން. ދެން ފަހުން އިންޓަވިއުތަށް ނިންމާފަ އެހެން މީހަކު ހޮވުނުކަން އެންގީމަ ސޯޓުބޭލިގެން ތެޅިގަތީ. މިއީ ތިޔަގެ ބައެއްމީހުންނަށް ހެދޭގޮތެއް. ދެން ރާއްޖޭގެ "މޮޅު" ޖަޖުންތަށް ޔޫ އެންޑް މީ ކެކޫން މޯލްޑިވްސްގެ ވިޔަފާރި ބަންދުކުރަން ޖެހުނަސް ހުކުން ކުރާނީ ތިޔަ މީހާއާ އެއްކޮޅަށް ކަން ނެއެނގޭ.