Faris ge mahchahkuraa rishvathuge dhauva anburaa gengosfi
image
ފާރިސް އެމްސީއެސްގެ ބަންދުގައި: ފައިލް ފޮޓޯ
0 ކޮމެންޓް
 

ފާރިސްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންގޮސްފި

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
މައްސަލައިގެ ދައުވާ އަނބުރާ ގެންގޮސްފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހުވަނީ ފާރިސްއަށް އަންގަވާފައެވެ.

ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޤާމުން ވަކިކުރުމަށް ހުށައެޅުނު މައްސަލާގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތުކޮށެވެ. ރައީސް ޔާމީންގެ ވެރިކަމުގައ ކްރިމިނަލް ކޯޓުންވަނީ އެމައްސަލާގައި ގިނަ އަޑުއެހުންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ފާރިސްގެ މައްޗަށް ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ދައުވާތަކެއް ކުރެވުނު އިރު ޕީޕީއެމްގެ ދިޔަ ބޭނުންކުރި މައްސަލާގައި ދައުލަތުން ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާގައި ފާރިސްއަށްވަނީ ހުކުމްވެސް ކޮށްފައެވެ.

އެ މައްސަލާގައި މިދިޔަ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވަނީ ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި ފާރިސްވަނީ އެ ހުކުމުގެ ބައެއް ތަންފީޒުވެސް ކުރައްވާފައެވެ. ނަމަވެސް ފަހުން އެހުކުމް ހައިކޯޓުންވަނީ ބާތިލް ކޮށްފައެވެ.
ހިޔާލު