Amilla hashigandugai roakohlli meehehge haalu serious ve faruvaadhenee
image
ތިނަދޫ އައްބުއްސަމަދު މެމޭރިއަލް ހޮސްޕިޓަލް
0 ކޮމެންޓް
 

އަމިއްލަ ހަށިގަނޑުގައި ރޯކޮށްލި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ގދ ގައްދޫގައި އަމިއްލައަށް ހަށިގަނޑުގައި ރޯކޮށްލި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން އެބަ ގެންދެއެވެ.
ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިިނުމަށްފަހު އެމީހާ މިހާރުވަނީ ތިނަދޫ އައްބުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެހޮސްޕިޓަލުންވެސްވަނީ ފިހިފައިވާ މީހަކަށް ފަރުވާދެމުން ގެންދާކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހޮސްޕިޓަލުން ނުދެއެވެ.

މައުލޫމާލު ލިބިފައިވާ ގޮތުގައި އަމިއްލައަށް ހަށިގަނޑުގައި ރޯކޮށްލާފައިވަނީ 30 އަހަރުގެ އަންހެނެކެވެ.

ހާއްސަ އެހީއަށް ބޭނުވާ އެ އަންހެން މީހާ އަމިއްލައަށް ހަށިގަނޑުގައި ރޯކޮށްލުމުން ހަށިގަނޑުގެ 70 އިންސައްތަ ފިހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލު