Immigration ge thfaas hisaabu aamukuran fashaifi
image
އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
1 ކޮމެންޓް
 

އިމިގްރޭޝަންގެ ތަފާސް ހިސާބު އާއްމުކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބު އާންމު ކުރަން ފަށައިފި އެވެ.
އިމިގެރޭޝަންގެ ތަފާސް ހިސާބު ފުރަތަމަ ފަހަކަށް މިއަދު އާއްމު ކުރަން ފަށާފައިވާއިރު ފާއިތުވި ފަހްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ ތަފާސް ހިސާބު ކޮންމެ ހަފްތާއަކުވެސް އާއްމު ކުރަމުން ގެންދާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލާވަނީ ވިދާޅުވެފައެވެ.

މިއަދު އާއްމު ކުރި ތަފާސް ހިސާބުގެ ތެރޭގައި ފާއިތުވި ހަފްތާގައި ޕާސްޕޯޓަށް އެދުނު މިންވަރާއި ޕާސްޕޯޓް ދޫކުރި މިންވަރު އަދި ކޯޓާއާއި ބެހޭ ތަފްސީލްތައް ހިމެނެއެވެ.
މިމަހުގެ 20 ވަނަ ދުވަހު ފެށިގެން އިއްޔެގެ ނިޔަލަށް 1032 ފަރާތަކުން ޕާސްޕޯޓަށް އެދިފައިވާއިރު އެ މުއްދަތުގައި 694 ޕާސްޕޯޓް ދޫކޮށްފައިާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މިމަހުގެ އަށް ވަނަ ދުވަހު ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް 1023 ފަރާތަކުން ކޯޓާއަށް އެދިފައިވާއިރު 384 ކޯޓާއަކަށް ހުއްދަ ދީފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ސަރުކާރުން 15 ކޯޓާއެއް އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު އެހުރިހާ ކޯޓާއަކަށް ހުއްދަ ދީފައިވާއިރު އަމިއްލަ ފަރާތްތަކުން 10 ކޯޓާއެއް އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު 7 ކޯޓާއެއް އިތުރުކޮށްފައި ވާކަމަށްވެސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިމިގްރޭޝަން
ހިޔާލު

ހަސަން

އަދިވެސް ބިދެޭސިީން މަދުކުރަާ ހިޔާލެ ނެތް؟ދިވެހިންގެ ވަޒީފާ ނެތިފަ.