Ehen party eh ge vaseelaiyythah beynun kuraanama huhdha baathil kurevey gothah hadhaifi
image
އެންމެ ފަހުން އުފެއްދުމަށް ހުއްދަދިނީ ޕީއެންސީ: ފައިލް ފޮޓޯ
0 ކޮމެންޓް
 

އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުންކުރާނަމަ ހުއްދަ ބާތިލް ކުރެވޭ ގޮތަށް ހަދައިފި

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނުވަތަ ޕާޓީއަކުން އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުންކުރާ ނަމަ އެޕާޓީއެއް އުފެއްދުމުގެ ހުއްދަ ބާތިލް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބޭގޮތަށް، ސިޔާސީ ޕާޓީތަކާބެހޭ އާ ޤަވާއިދު އެކުލަވާލާ އިއްޔެ ގެޒެޓް ކޮށްފިއެވެ.
އަލަށް އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުން ކުރާކަން ސާބިތުވެއްޖެ ނަމަ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ވެއެވެ.

މީގެ އިތުރުން އަލަށް ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެން ކަމަށް ސާބިތުވި ނަމަވެސް ހުއްދަ ބާތިލް ކުރުމުގެ ބާރު މިހާރު އަމަލުކުރަން ފަށާފައިވާ ޤަވާއިދުން އިލެކްޝަންސް ކޮމިޝަނަށްވަނީ ދީފައެވެ.

އަލަށް އެކުލަވާލި ޤަވާއުދުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއެއްގެ ދަރަންޏަށް ނުވަތަ ހޯދާ ހިދުމަތަށް ޒިންމާވާން ޖެހޭ ފަރާތެއް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހެއެވެ. އެގޮތުން މިހާރު ހިނގަމުން ގެންދާ ޕާޓީތަކުންވެސް އެއް މަސް ދުވަހުގެ ތެރޭގައި އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެއެވެ.

އަލަށް އެކުލަވާލެވުނު ޤަވާއިދުގައި މިކަންކަން ހިމަނާފައިވާއިރު ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ މިހާރު އުފެއްދުމަށް މަސައްކަތްކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ އުފެއްދުމަށް ޕީޕީއެމްގެ ވަސީލަތްތައް ބޭނުންކުރާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި ޕީއެންސީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ޕީއެންސީ އުފެއްދުމަށް ފުރަތަމަ ހުށަހެޅީވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.
ހިޔާލު