Aniyaaverivikamah bunaa meehunah ticket dheythee zaid faadu vidhaalhu vejje
image
2 ކޮމެންޓް
 

އަނިޔާވެރިވިކަމަށް ބުނާ މީހުނަށް ޓިކެޓް ދޭތީ ޒައިދު ފާޑު ވިދާޅުވެއްޖެ

އިއްޔެ އަނިޔާވެރިންކަމަށް ބަލާ އެއްޗެހިކީ މީހުން މިއަދު ގެނެސް އެމީހުންނަށް މަޖިލީހުގެ ޓިކެޓް ދެމުން ގެންދާތީ ޝައިޚް އަލީ ޒައިދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ވަކި ބައެއްގެ ނަން ވިދާޅު ނުވި ނަމަވެސް ޝައިޚް ޒައިދުގެ ފާޑު ވިދާޅުވުން އަމާޒުވެފައިވަނީ ޖުމްހޫރީ ޕާޓީ އަދި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެންދެން ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން އަންނަނީ ޖޭޕީއާއި ގުޅި މަޖިލީހަށް ވާދަ ކުރެއްވުމަށް ތައްޔާރު ވަމުންނެވެ.
ޒައިދު ވިދާޅުވީ އިއްޔެ އަނިޔާވެރިވިކަމަށް ބުނެ އެއްޗެހި ކިއުމަށްފަހު މިއަދު ގޮނޑުހޮވާ އުސޫލުން އެމީހުން ގެނެސް ޓިކެޓް ދެމުން ގެންދާ ކަމުގައެވެ.

"އިއްޔެ އަނިޔާވެރިންކަމަށް ބުނެ އެއްޗެހި ކިޔާފައި، މިއަދު ގޮނޑުހޮވާ އުސޫލުން އެމީހުން ނަގާ ބޮލަށްލައި، ޓިކެޓް ދިނުމީ ހަމަ ބުއްދިން ބަލާއިރު ހަމަޖެހޭ ކަމެއްކަމަކަށް ނުފެނެ އެވެ. ކޮންމެވެސް ކަހަލަ ސާބިތުކަމެއް މީހެއްގެ ވިއްޔާ ހުންނަން ޖެހެއެވެ" ޝައިޚް ޒައިދު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބަޔަކު ބަރުލަމާނީ ނިޒާމް ގެންނަން އުޅެނީ ހިމޭން ބަގާވާތަކުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަން ވައްޓާލުމަށްކަމަށް ޝައިޚް ޒައިދު ވިދާޅުވެފައި ވެއެވެ.

ހިޔާލު

ލލ

ހައްތާވެސް ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ބައިތުލް މާލު ލޫޓުވުން ނޫންކަމެއް މިސިޔާސީ މީހުން އެބަކުރޭބާ ؟

ސަލްވާ

ބަރުލަމާނީ ނިޒާމް ގެނެސްފަ ރައީސަކަށް ބަހައްޓަނީ އިބޫ ބޮޑުވަޒީރަކަށް އަންނި ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ އަންނިއަށް ރައީސްމީހާއަކީ ރަމްޒީ މަގާމެއް އެކަމަކު ހުންނަވާނީ ވަރަށް ޢިއްޒަތުގަ ސަރުކާރުގެ ޚަރަދުގަ ހުރިހާ ކަމެއް ހަމަޖެހިފަ ހުންނާނީ