Raajje india askaree gulhun aa usminthakakah dhaane: Defence Chief
image
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
0 ކޮމެންޓް
 

ރާއްޖެ އިންޑިއާ އަސްކަރީ ގުޅުން އާއުސްމިން ތަކަކަށް ދާނެ: ޑިފެންސް ޗީފް

ރާއްޖެއާއި އިންޑިއާގެ އަސްކަރީ ގުޅުން ކުރިއަށް އޮތް ތަނުގައި އާ އުސްމިންތަކަކަށް ވާސިލްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިހާރު ހުންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހުގައި އިންޑިއާގެ ނިއުދިއްލީގައެވެ.

ނިއުދިއްލީގައި މިއަދު އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތަރަމަންއާއި އެކު ބޭއްވި ބައްދަލުވުމަށް ފަހުގައި ކުރެއްވި ޓްވިޓެއްގައި ޝަމާލް ވިދާޅުވީ ދެ ޤައުމުގެ ޑިފެންސް މިނިސްޓަރުން ބޭއްވި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމުގައެވެ.

ރާއްޖެއާއި އިންޑިއާއާއި މިހާރު ގާއިމްވެފައިވާ އާ ގުޅުމުގެ ސަބަބުން ދެ ގައުމުގެ އަސްކަރީ ގުޅުން އާ އުސްމިންތަކަކަށް ދާނެކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.
ހިޔާލު