Kareena siyaasee dhaairaa ah vannaakah noolhey
image
ކަރީނާ ކަޕޫރު...
މުހައްމަދު މުސްޠަފާ
0 ކޮމެންޓް
 

ކަރީނާ ސިޔާސީ ދާއިރާއަށް ނުކުންނާކަށް ނޫޅޭ

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ކަރީނާ ކަޕޫރު ސިޔާސީ ދާއިރާއަށް ނުކުންނަން އުޅޭ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް އޭނާ ދޮގުކޮށްފިއެވެ.
އޭގެ އިތުރުން ކަރީނާ އަންނަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޮކް ސަބާ އިންތިހާބުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ވާހަކަވެސް ދޮގުކޮށްފައެވެ.

ކަރީނާ އިންޑިއާގެ ނޫހަކަށް ބުނެފައިވަނީ، އޭނާ ލޮކް ސަބާ އަށް ވާދަކުރަން ނިންމާފައި ވަނީ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ޓިކެޓްގައި ބޯޕާލް ދާއިރާގެ ގޮނޑިއަށް ކަމަށް ދެކެވޭ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށާއި ސިޔާސީ ދާއިރާއަށް ވަންނަން އެއްވެސް ވިސްނުމެއްް ނެތް ކަމަށެވެ.

ކާމިޔާބު ގިނަ ފިލްމުތަަކަކުން ބެލުންތެރިންގެ ހިތް އުފާކޮށްދީފައިވާ ކަރީނާ ބުނީ އޭނާ އަށް މިވަގުތު އެންމެ މުހިއްމީ ފިލްމީ ދާއިރާ ކަމަށެވެ.

ކަރީނާގެ މަސައްކަތް ތަކެއް އިންޑަސްޓްރީގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެތެރޭގައި އަކްޝޭ ކުމާރާ އެކު އަހަރު ތަކަކަށް ފަހު ލީޑް ރޯލް ކުޅެން ހަމަޖެހިފައިވާ "ގުޑް ނިއުސް" އާއި ކަރަން ޖޯހަރު ހަދަން ނިންމާފައިވާ "ތަހުތު" ގެ މަސައްކަތެވެ. "ގުޑް ނިއުސް" މިއަހަރު ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު "ތަހުތު" ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.

ކަރީނާ އެންމެ ފަހުން ފެނިގެންދިޔައީ ކާމިޔާބު ފިލްމު "ވީރޭ ޑި ވެޑިން" އިންނެވެ. އެއީ އޭނާގެ ދަރިފުޅު ތައިމުރު އަލީ ހާން ވިހެއުމަށް ފަހު ކުޅުނު ފުރަތަމަ ފިލްމެވެ.
ހިޔާލު