Bharat ge teaser trailer ah ves bodu tharuheebeh
image
"ބާރަތު" ގެ ލީޑު ރޯލުން ފެންނާނެ ސަލްމާން އާއި ކެޓްރީނާ....
މުހައްމަދު މުސްޠަފާ
0 ކޮމެންޓް
 

"ބާރަތު"ގެ ޓީޒާ ޓްރެއިލާ އަށް ވެސް ތަރުހީބު ބޮޑު

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމު "ބާރަތު"ގެ ޓީޒާ ޓްރެއިލާ މިދިޔަ ބުރާސްފަތި ދުވަހު ދައްކާލައިފިއެވެ.
އެ ފިލްމުގެ ފުރަތަމަ ދައްކާލުން ބުރާސްފަތު ދުވަހު ޔޫޓިއުބްގައި އާންމުކުރުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ އެ ޓީޒާ އަށް ލިބެމުންނެވެ.

އެގޮތުން މިހާތަނަށް އައިއިރު 21.5 މިލިއަނަށް ވުރެއް ގިނަ މީހުން ވަނީ އެ ޓީޒާ ޔޫޓިއުބް މެދުވެރިކޮށް ބަލާފައެވެ.


"ބާރަތު"ގެ މަންޒަރުތައް ގާތްގަނޑަކަށް ނަގައި ނިންމާފައިވާއިރު ފިލްމަކީ ވަރަށް ހާއްސަ ފިލްމަކަށް ވާނެއެވެ. އެއީ އެ ފިލްމުގައި ސަލްމާންގެ އުމުރުން 19 އަހަރުން ފެށިގެން ގޮސް 90 އަހަރާ ދެމެދުވެސް ދައްކާނެވެ.

ފިލްމުގެ މަންޒަރުތައް މުމްބާއީގެ އިތުރުން މޯލްޓާ އަދި އަބޫދާބީގައި ވެސް ވަނީ ނަގާފައެވެ. ފިލްމުގެ ޝޫޓިންގެ ތެރެއިން ސަލްމާން އަށް ކުރިން ވަނީ އަނިޔާ އެއްވެސް ލިބިފައެވެ.

އެ ފިލްމަކީ މިއަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.

"ބާރަތު" ގައި ސަލްމާން އާއެކު ލީޑު ރޯލުން ފެންނާނީ ކެޓްރީނާ ކައިފެވެ. އަދި އެ ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި "ދިލްބަރް" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. ޖެކީ ޝްރޮޕް "ބާރަތު"ގައި ކުޅެނީ ސަލްމާންގެ ބައްޕަގެ ރޯލެވެ.

ފިލްމުގެ ޓީޒާ ދައްކާލާފައިވާއިރު ޔަގީނުންވެސް ދެން ބެލުންތެރިން އިންތިޒާރުކުރާނީ ފިލްމުގެ އޮފިޝަލް ޓްރެއިލާ އަށެވެ.
ހިޔާލު