Bodu Huhtumakah Fahu, Trump Sarukaaru Hulhuvaifi
image
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް .-- ފޮޓޯ : ފޭންޕޮޕް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ބޮޑު ހުއްޓުމަކަށްފަހު، ޓްރަމްޕް ސަރުކާރު ހުޅުވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ހަ ބިލިއަން ޑޮލަރުގެ ފާރު ބިނާކުރަން ބަޖެޓު ނުދިނުމުން، 35 ދުވަހަށް ސަރުކާރު ހުއްޓުވާފައި ބޭއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އެގައުމުގެ ސަރުކާރު ހުޅުވަން ނިންމައިފިއެވެ.
އިއްޔެ ޓްރަމްޕް ވަނީ ތިން ހަފްތާއަށް ފަހު ސަރުކާރު ހުޅުވަން ނިންމާ، އެކަމުގެ ބިލް ތަސްދީގު ކުރައްވާފައެވެ. ނަމަވެސް ރިޔާސީ ވައުދެއް ކަމަށްވާ، "މެކްސިކޯ-ޔޫއެސްއޭ ބޯޑާ ވޯލް" ރޭނުމުގެ ބަޖެޓާ ގުޅޭގޮތުން އަދިވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

ޓްރަމްޕް މި ފާރު އެޅުމަށް ބޭނުންވާ ނަމަވެސް، އެގައުމުގެ ޑިމޮކްރެޓް ޕާޓީގެ މަޖިލިސް ލީޑަރާއި މަޖިލިސް ރައީސް ނޭންސީ ޕެލޯސީ ވަނީ އެފާރު ރާނަން އެންމެ ޑޮލަރެއްވެސް ބަޖެޓުގައި ނުހިމަނާނެ ކަމަށް ވިދާޅުވެފައެވެ.

މިއީ އެމެރިކާ ތާރީހުގައި ސަރުކާރު މިހާބޮޑު ހުއްޓުމެއް ދެކުނު ފުރަތަމަ ފަހަރެވެ. އަދި މި ހުއްޓުމުގެ ސަބަބުން އެމެރިކާގެ ސަރުކާރު ވުޒާރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ ބަޔަކަށް ދަނީ މިކަމުގެ ނޭދެވޭ އަސަރު ކުރަމުންނެވެ . މިގޮތުން އަށް ލައްކަ އަށް ވުރެ ގިނަ މުވައްޒަފުންނަށް އެއްމަސް ދުވަސް ވެގެން ދިޔައިރުވެސް މުސާރަ ނުލިބެއެވެ.

ޓްރަމްޕް ސަރުކާރު ހުއްޓާފައިވަނީ މިދިޔަ ޑިސެންބަރު މަހު 21 ވަނަ ދުވަހުއެވެ. މި ދިގު ބަންދުގެ ސަބަބުން އެ ގައުމަށް ވަނީ އިގްތިސާދީ ދަތި ތަކާއި ކުރިމަތިލާންޖެހިފައެވެ.
ހިޔާލު