Bharat Teaser in Katrina nufenumun Ginabaehge Shakuva
image
ކެޓްރީނާ ކައިފް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބާރަތުގެ ޓީޒާއިން ކެޓްރީނާ ނުފެނުމުން ގިނަބައެއްގެ ޝަކުވާ

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުމަށް ހަމަޖައްސާފައިވާ ފިލްމު ބާރަތުގެ ޓީޒާއިން ލީޑު ރޯލުން ފެނިގެންދާ ކެޓްރީނާ ކައިފް ނުފެނުމުން ގިނަބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.
ސަލްމާނު ހާނާއި ކެޓްރީނާ ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ ދެވަނަ ޓީޒާ އިއްޔެ ނެރެފައިވާއިރު އެ ޓްރެއިލާއިން ސަލްމާނު ތަފާތު އެކި މީހުންގެ ގޮތުގައި ފެނިގެންދިޔައެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާއަކަށްވީ ޓީޒާގެ އެއްވެސް ބަޔަކުން ކެޓްރީނާގެ މަންޒަރެއް ނުފެނުމެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކެޓްރީނާ ޓީޒާއިން ނުދެއްކީ އޭނާ އެފިލްމުގައި ފެނިގެންދާނެ ގޮތް ސިއްރެއްގޮތުގައި ބޭއްވުމަށެވެ.

ފިލްމުގައި ސަލްމާނާއި ކެޓްރީނާގެ އިތުރުން ދިޝާ ޕަޓާނީ، ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)، ސުނިލް ގޮރޯވާ އަދި ޓީވީ އެކްޓަރު އާސިފް، ޖެކީ ޝްރޮފް އަދި ނޯރާ ފަތޭހީ ވެސް ފެނިގެންދާނެއެވެ.

އެފިލްމު ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހު ފަސް ވަނަ ދުވަހުއެވެ. ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ.
ހިޔާލު