Furathama Film aki Abadhuves Ehnme Haassa Film: Ayushmann
image
އަޔުޝްމަން ކުރާނާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފުރަތަމަ ފިލްމަކީ އަބަދުވެސް އެންމެ ހާއްސަ ފިލްމު: އަޔުޝްމަން

ފުރަތަމަ ފިލްމަކީ އަބަދުވެސް އެންމެ ހާއްސަ ފިލްމުކަމަށް ބޮލީވުޑު އެކްޓަރު އަޔުޝްމަން ކުރާނާ ބުނެފިއެވެ.
އަޔުޝްމަން އެހެން ބުނެފައިވަނީ އޭނާ ކުޅުނު ފުރަތަމަ ފިލްމު ވިކީ ޑޯނޯ އާ ބެހޭގޮތުން މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕްރަޝާންތު ސިންގް ކިޔާ ފަރާތެއް ވަނީ ވިކީ ޑޯނާ ބަލާ މަންޒަރުގެ ފޮޓޯއެއް ހިއްސާކޮށް އެއީ ވަރަށް ކަމުދާ ފިލްމެއް ކަމަށް ބުނެފައެވެ. އަދި އެފިލްމު ކިތަންމެ ގިނައިން ބެލިއަސް ފޫހިނުވާނެ ކަމަށް ވެސް އޭ ވަނީ ބުނެފައެވެ.އެޓުވީޓަށް ޖަވާބު ދެމުން އަޔުޝްމަން ބުނީ ފުރަތަމަ ފިލްމަކީ އަބަދުވެސް އެންމެ ހާއްސަ ފިލްމު ކަމަށެވެ. އަދި ފިލްމުގެ މުޅި ޓީމާއި ކޮންމެ ވަގުތުކޮޅަކީ ވެސް ވަރަށް ހާއްސަ ވަގުތު ކޮޅެއް ކަމަށް ވެސް އަޔުޝްމަން ވަނީ ބުނެފައެވެ.

އަޔުޝްމަން ވަނީ އެ ޓުވީޓުގައި ޕްރަޝާންތުއަށް ޝުކުރު ވެސް އަދާކޮށްފައެވެ. ވިކީ ޑޯނާގައި އަޔުޝްމަން އާ އެކު ފެނިގެންދިޔައީ ޔަމީ ގޯތަމެވެ. 2012 ގައި ނެރުނު އެފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.

އަޔުޝްމަން މިދިޔަ އަހަރު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައިވާއިރު އެދެ ފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. އެދެ ފިލްމަކީ "އަންދާދުން" އާއި "ބަދާއި ހޯ"އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑްރީމް ގާލް އިންނެވެ.
ހިޔާލު