Massaikai Kuraa Thanthanuge Salamathee Fiyavalhu Adhives Rangalheh Noon
image
އިމާރާތް ކުރަމުންދިޔަ ގެއެއްގެ ތިން ވަނަ ފަންގިފިލާ އިން ދެ ހިލަވެލި ބަސްތާ ވެއްޓިފައި--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

މަސައްކަތް ކުރާ ތަންތަނުގެ ސަލާމަތީ ފިޔަވަޅު އަދިވެސް ރަނގަޅެއް ނޫން

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދިވެހިން ސިއްސުވާލީ، މ. ނަލަހިޔާމަންޒިލުގެ ފަސް ވަނަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ އުމުރުން އެންމެ ނުވަ އަހަރުގެ ރައުޝަން ޖިއާން މަރުވި ހަބަރެވެ.
އެމަރަކީ ދިވެހިން 'ހޭލައްވާލި' މަރެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ. ކޮންސްޓްރަކްޝަން ދާއިރާގައި ދޯދިޔާކަން ސަރުކާރުގެ ސަމާލުކަމަށް އައިކަމަށް ގިނަ ބަޔަކަށް ހީކުރެވުނުނެވެ. ވިލިމާލެ އާއި ހުޅުމާލެ ހިމެނޭހެން މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާ 473 ސައިޓެއްގައި މަސައްކަތް ކުރިއަށް ދަނީ އެންމެ އެކަށޭނެ ގޮތެއްގައި ސަލާމަތީ ފިޔަވަޅުތައް އަޅައިގެންތޯ ބެލުމަށް ސަރުކާރުގެ މުވައްސަސާތަކުން ކޮންސްޓްރަކްޝަން ސައިޓުތަކަށް ޒިޔާރަތް ކުރިއެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ހުރި އެފަދަ މައްސަލަތަކަކީ ދިވެހިން އަބަދުމެ ދައްކަމުން އަންނަ ވާހަކަތަކަކަށްވާއިރު އެފަދަ މައްސަލަތައް ދިވެހިންގެ ސަމާލުކަމަށް އަންނަނީ "ނުރައްކާތެރި" ހާދިސާއެއް ހިނގުމުންނެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާގައި މިހާރު މަސައްކަތް ކުރެވެމުން ދަނީ ސަލާމަތާއި ރައްކާތެރިގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންތޯ ބަލާނެ ބަޔަކު މިއަދަކު ނެތެވެ. އެކަން ހާމަވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ، ގ. މަހުމާގޭ ކުރިމަތީ އޮތް ގޯޅިގަނޑުގައި މަސައްކަތް ކުރަމުން ދަނިކޮށް ހިނގާދިޔަ ހާދިސާއަކުންނެވެ.

އިމާރާތް ކުރަމުންދިޔަ ގެއެއްގެ މަތިން އެއްޗެއް ވެއްޓިގެން އުޅޭކަމަށް އަޑުތައް ފެތުރުމާއެކު އެކަށް ކަށަވަރުކޮށްދީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހަދަމުންދާ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާ އިން ވެއްޓުނީ ދެ ބަސްތާ ހިލަވެލި ކަމަށެވެ. އެކަމަކު އެ ހާދިސާގައި މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުނެއެވެ.

އެ ދެބަސްތާ މަތިން ވެއްޓި، މުޅި ގޯޅި ގަނޑުގައި ހިލަވެލިތައް ފައިބައިފައި އޮތް މަންޒަރު ފޮޓޯތަކުން ފެނެއެވެ.

ދެބަސްތާ ހިލަވެލި ވެއްޓިފައި--ފޮޓޯ: ސޯޝަލް މީޑިއާ

ދެބަސްތާ ހިލަވެލި ވެއްޓިފައި--ފޮޓޯ: ސޯޝަލް މީޑިއާ

ހިލަވެލި ބަސްތާއެއްގައި 50 ކިލޯ ހުންނައިރު އެއިން ބަސްތާއަކުން މީހެއްގެ ގައިގާ ޖެހުނު ނަމަ ލިބޭނީ ކޮން ފަދަ އަނިޔާއެއްކަން ވެސް ހިތައް ގެނުވަން ދައްޗެވެ.

ބައެއްގެ އިހުމާލުން ޖިއާންގެ އާއިލާއަށް ކުރަން ޖެހިފައިވާ އެ ހިތި ތަޖުރިބާ ކުރަން ޖެހޭނީ ދެން އާއިލާއަކުން ކަމެއް ނޭނގެއެވެ. އޭގެ ކުރިން އިހުމާލުވާ ފަރާތްތަކަށް އެކަށީގެންވާ އަދަބެއް ދީ އެކަން ހުއްޓުވަން ވެއްޖެއެވެ.
ހިޔާލު

ދޮންހުސޭނު

ކޮންއިރަކުންބާ ސަރުކާރުން މިކަމަށް އެންމެ އެކަށޭނަ ހައްލެއް ހޯދައިދޭނީ..އިތުރު ފުރާނައެއް މިދުނިޔެއިން ނެތިދިޔައިމަތޯ؟