Laamarukazee Ganoonah Suoodge Hiyaalu: Atholhu Fihaarathakuge Badhalugai Hulhumale in Bimeh Dheyn Jehey
image
1960 ގައި އަތޮޅުތަކަށް ދޫކުރެވުނު ފިހާރަތަކުގެ ކުރީގެ ފޮޓޯއެއް...
3 ކޮމެންޓް
 

ލާމަރުކަޒީ ގާނޫނަށް ސުއޫދުގެ ހިޔާލު: އަތޮޅު ފިހާރަތަކުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދޭން ޖެހޭ

ކުރިން ސަރުކާރުން ކޮންމެ އަތޮޅަކަށް ދޫކޮށްފައިވާ އަތޮޅު ފިހާރަތަކުގެ ބަދަލުގައި ހުޅުމާލެއިން ކޮންމެ އަތޮޅަކަށް ބިމެއް ދޫކުރުމަށް ކުރީގެ ބަންޑާރަ ނައިބު ހުސުނުއް ސުއޫދު ލާމަރުކަޒީ ގާނޫނަށް ހިޔާލެއް ހުށަހަޅުއްވައިފިއެވެ.
މަރުތައް ބަލާ ކޮމިޝަނުގެ ރައީސްކަންވެސް ކުރައްވާ ސުއޫދު ކުރެއްވި ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހް ކުރާއިރު ކޮންމެ އަތޮޅެއްގެ ކައުންސިލަށް ހުޅުމާލެއިން 5000 އަކަފޫޓުގެ ބިމެއް ދީ، އެތަނުގައި އިންވެސްޓް ކޮށްގެން ލިބޭ އާމްދަނީ މުޅި އަތޮޅުގެ ރައްޔިތުންނަށް ލިބޭ ގޮތައް އޮތުން ރަނގަޅު ކަމަށެވެ.


ސުއޫދު ވިދާޅުވީ ހުޅުމާލެއިން ބިން އަތޮޅު ކައުންސިލްތަކަށް ދެނީ އަތޮޅު ފިހާރަތަކުގެ ބަދަލު ދެވިފައި ނުވާތީ ކަމަށެވެ.

ރައީސް މަރްހޫމް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ކޮންމެ އަތޮޅަކަށްވެސް މާލެއިން ފިހާރައެއް ދެއްވައި، އެފިހާރައިން ލިބޭ އާމްދަނީގެ ބޮޑުބައެއް އެއަތޮޅަކަށް ލިބޭނެ ގޮތް ހެއްދެވިއެވެ. އެހެން ނަމަވެސް ފަހުން ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަހު ދައުރުގައި އެތަންތަން ވަނީ އަނބުރާ ދައުލަތައް ނަންގަވާފައެވެ.

ސުއޫދު ވިދާޅުވީ ރައީސް މަރްހޫމް ނާސިރު ރައްޔިތުންނަށް ދެއްވި ފިހާރަތަކުގެ ބަދަލު ދެވި، ރައްޔިތުންނަށް އިންސާފު ލިބިދޭން ޖެހޭ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އަންނަ ފެބުރުއަރީ މަހުގެ 3 ގެ ނިޔަލަށް އެފުރުސަތު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ހުޅުމާލެ ގާނޫނު
ހިޔާލު

އައްލާބެއްޔާ

ނުޖެހޭނެ އަތޮޅުފިހާރަތައް އަތޮޅުތަކަށް ދޭކައް! މިހާރު ލާމަރުކަޒީ ނިޒާމުގައި އެއަތޮޅަކުން ޢާމްދަނީ ހޯދަންޖެހޭނީ!

އަޑު

މިކަހަލަ ގޯސް ތައް އެންމެ ގިނައިން ހެދީ މައުމޫނު ތާ، މިއަދާ ހަމަޔަށް ވެސް އަހަރެން ދަންނަނީ އެއީ އަތޮޅު ތަކުގެ ތަން ތަން ކަމަށެވެ. މަށަށް ފެންނަނީ ހަމަ އެ ބިންތައް އަތޮޅު ތަކަށް އަނބުރާ ދިނުމެވެ.

ރަށިމީހާ

ކުރީގެ އަތޮޅުފިހާރަތަށްހުރިބިމަކީ އެއަތޮޅުތަކުގެރައްޔިތުން ހިއްކައިގެން އޭރުއަމަލުކުރަމުންއައި އުސޫލުން ރައްޔިތުންނަށްމިލްކުވިބިމެއް މައުމޫންގެވެރިކަމުގައި އެބިމުން ބައެްނެގިގޮތަށް އަމަލުނުކުރެއްވުމައް ރައީސް ސާލިހުއަށް ދަންނަވަން އަދިމައުމޫން ނެގިބިމުގެބަދަލް ދެއްވުމަށްވެސްދަންނަވަން