Salaamathee Fiyavalhu Naalhai Bayaku Imaaraathakun Faibaa Video Eh Aanmuvejje
image
ސަލާމަތީ ފިޔަވަޅު ނާޅާއި ބަޔަކު އިމާރާތަކުން ފައިބަނީ--
3 ކޮމެންޓް
 

ސަލާމަތީ ފިޔަވަޅު ނާޅާއި ބަޔަކު އިމާރާތަކުން ފައިބާ ވީޑިއޯއެއް އާންމުވެއްޖެ

އިމާރާތެއްގެ އެންމެ މަތިން ޖެހިގެން ހުރިގޭ ފުރާޅަށް ހަރުގަނޑެއް ބޭނުންކޮށްގެން ބަޔަކު ފައިބާ ވީޑިއޯއެއް އާންމުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) އިން ރޭ ޓުވީޓާ މެދުވެރިކޮށް އާންމު ކުރި ފުރަތަމަ ވީޑިއޯ އިން ފެންނަނީ 15 ވަރަކަށް އަހަރުގެ ކުއްޖަކު ހަރުގަނޑެއް ބޭނުންކޮށްގެން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ފައިބާ މަންޒަރެވެ. އަދި ދެވަނަ ވީޑިއޯ އިން ފެނިގެންދަނީ ބޮޑު މީހަކާއެކު ކުޑަ ކުއްޖަކު އެ ހަރުގަނޑުން ފައިބާ މަންޒަރެވެ.

ގާތްގަނޑަކަށް އަށް ބުރީގެ އެ އިމާރާތުން، އެ މީހުން ފައިބަން ބޭނުން ކުރި ހަރުގަނޑު ހުރީ އިމާރާތުގެ ބޭރުގައި ހަރުކޮށްފައެވެ.




އެމްއެންއޭސީއައި އިން ބުނީ، އެ ޖަމިއްޔާ އަށް ލިބުނު އެ ވީޑިއޯ އާންމުކޮށްފައި ވަނީ އާންމުންނާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ހޭލުންތެރި ކުރުވަން ކަމަށެވެ.

ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާއި މަސައްކަތް ކުރާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައިވާއިރު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިހުމާލުން މިދިޔަ އަހަރު ކުޑަ ކުއްޖަކު ވަނީ މަރުވެފައެވެ. އޭގެ ސަބަބުން، ސަރުކާރުގެ ގިނަ މުވައްސަސާތަކަކުން ވަނީ ކޮންސްޓަރްކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލުމަށް ނިކުމެފައެވެ.
ހިޔާލު

ނާޑުވާ

އެ މީހުން އެ ފޭބީ ޖެހިގެން ހުރިގޭ ފުރާޅަކަށް ނޫން. ޢެމީހުން އެރީ ހަދަމުން ދާ ގެޔެއްގެ ލިފްޓް ގޮޅި ފުރާޅަށް އަރާފަ ފޭބީ ހަމަ އެގޭ ޓެރަސް މައްޗަށް. އެމީހުން އެ ކުރިކަމެއް ރަނގަޅޭ ބުނީކީ ނޫން.

ޗަކްނޮރިސް

ސްޕައިޑަރމޭން ވިޔަސް މަށަށް ހެޔޮ. ސޭފްޓީ ފަރސްޓް. އެނގިއްޖެ

ނާލުބައްތެލި

ސްޕައިޑަރ މޭން