L. Atholhu dhathurufulhah fahu Raees Male' vadaigenfi
image
ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނެވުން.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ލ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ލ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
މަގާމާ ހަވާލުވި ފަހުން ރައީސް ސޯލިހު ލ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ އަތޮޅަށް ވަޑައިގެންނެވީ ހުކުރު ދުވަހު އެވެ. ރައީސްގެ އެ ދަތުރުފުޅަކީ ޓީއެފްޖީން އެ އަތޮޅުގައި މިދިޔަ އަހަރުން ފެށިގެން ބާއްވާ ބޮޑު ދުވުން، "ކޮކާލޯލާ ރަން އިން ލާމު"ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ ލ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވާފަ އެވެ. އޭގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ އެ ތަނުގެ ހާލަތު ރައީސް ސޯލިހު ވަނީ ބައްލަވާލައްވާފަ އެވެ.

ލ. އަތޮޅު ގާދޫން އެ އަތޮޅު ފޮނަދޫ އަށް ބަދަލުކޮށްފައިވާ ބައެއް މީހުންނާ ވެސް ރައީސް ސޯލިހު ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރައީސް ވަނީ އޮޅުންފިލުއްވާފަ އެވެ. އަދި އެ މީހުންނަށް ދަތިފާ ކަންކަން ވީހާވެސް އަވަހަކަށް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި އެވެ.
ހިޔާލު