Educationuge PS suspend kuree Minister hushahelhi mahsalaeh balaathee
image
ސަސްޕެންޑް ކުރި ޕީއެސް ސައީދު (ކ) ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ސީއެސްސީގެ ރައީސް ޑރ. ޝަމީމް އާ އެކު.-- ފޮޓޯ: އެޑިއުކޭޝަން
6 ކޮމެންޓް
 

އެޑިއުކޭޝަނުގެ ޕީއެސް ސަސްޕެންޑް ކުރީ މިނިސްޓަރު ހުށަހެޅި މައްސަލައެއް ބަލާތީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު ސަސްޕެންޑް ކުރީ އޭނާ އާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހުށަހެޅުއްވި މައްސަލައެއް ބަލަމުން އަންނާތީ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ބުނެފި އެވެ.
ސީއެސްސީ ގެ ސެކެޓްރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ "ސީއެންއެމް" އަށް ވިދާޅުވީ އެ ކޮމިޝަނަށް އެޑިއުކޭޝަން މިނިސްޓަރު ހުށަހެޅުއްވި މައްސަލަ ބަލަމުން އަންނާތީ ސިވިލް ސާވިސް ގަވާއިދުގެ ދަށުން އެއް މަސް ދުވަހަށް ސައީދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ޑރ. ޒުހުރީ ވިދާޅުވި އެވެ.

ނަމަވެސް ސައީދުއާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝާ ހުށަހެޅުއްވި މައްސަލަ އާ ގުޅޭގޮތުން ސީއެސްސީގެ ސެކްރެޓަރީ ޖެނަރަލް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި މިކަމާ ގުޅޭގޮތުން މިނިސްޓަރުގެ ބަހެއް ވެސް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި ކަމާ ގުޅޭގޮތުން ސައީދުގެ ބަހެއް ހޯދުމަށް "ސީއެންއެމް" އިން އޭނާ އަށް ގުޅުމުން، މީޓިންއެއްގައި ކަމަށް ވިދާޅުވެ، އެއްވެސް މައުލޫމާތެއް ނުދެއްވާ ފޯނު ކަނޑާލީ އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ސައީދު، އެޑިއުކޭޝަނުގެ ޕީއެސް އަކަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލްގެ މަގާމުގަ އެވެ.

ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ މިނިސްޓްރީއެއްގައި ވެސް ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް ވެރިޔާ އެވެ. ކުރީގެ ސަރުކާރުން 2016 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި ވަނީ ސިވިލް ސާވިސް ގާނޫނަށް ބަދަލު ގެނެސް ސީއެސްސީން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަންޖެހޭނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް ބުނެފައި ވެއެވެ.
ހިޔާލު

ސިވިލް ސަރވަންޓް

ސައީދު އަށް ޝުކުރިއްޔާ. އަހަރުމެންގެ ވަޒީފާގެ ކަންތައްތައް ހަމަނުޖެހި 2015 އިން ފެށިގެން ތެޅިތެޅިތިއްބާ ސައީދު ޕީ.އެސް އަކަށް ވެގެން އެ ހުރިހާ ކަމެއް ހަމަޖައްސައިދިނީ. ކުރިން އާދޭސްކޮށް ގުޅުމުން ޖަވާބުދޭނެފަރާތެއްވެސް ނުވި. އެކަމަކު ޕީ.އެސް ސައީދު އަށް ގުޅާއިރަށް ޖަވާބުދޭ. އަދި އެކަމަކަށް އެންމެ އަވަސްކަމާއެކު އެޓެންޑުވެސް ކުރޭ. މިކަމަށް ހެކިވާނެ ހއ އިން ސ އާއި ދޭތެރޭގެ 1500 އެއްހާ މުވައްޒަފުން. މިއަދު އަހަރުމެންނަކަށް ޝުކުރިއްޔާ އޭ ބުނެވޭނީ. އަބަދުވެސް ކަން ނިންމާނީ ވެރިމީހާ އަންގާގޮތަށް.

ޙަސަން

ސައީދަކީ ޕީއެސް އަކަށް ހުރެފާޅުގައި ޔާމީނަށް ކެމްޕެއިން ކުރި ސިޔާސީ މީހެއް

އެމް. އިސްމާއީލް

ބަލަ ސައީދު ވަރުގެ ގާބިލުމީހަކު ކަލޭމެން ހޯދާނީ ކޮންތާކުން. އެކަމެއް ދެނެއް ނުވާނެ. ސިޔާސީ ގޮތުން މީހުންނާ ޒާތީވެނުގަންނާނެކަމަށް ބުނެފަ ވެރިކަމުގެ 100 ދުވަސްނުވޭ. ޒާތީވެގެން ތެޅިގަތީ ދޯ. މިނިސްޓަރު ބުނީ އެސިޓީއެއް ފޮނުވީ މަޖުބޫރުވެގެންނޯ.

އައްޑޫ ސޮރު

ސައީދުކައިރީ ބުނެލާނީ. ސައީދު ކުރި މަސައްކަތާދޭތެރޭ ސީ.އެސް.ސީގެ ރައީސް ތައުރީފްކުރެޔޭ. އެކަމަކު މިއަދު އެމަނިކުފާނަށްވެސް މަގާމު ދިފާއު ކުރެވޭނީ ވިދާޅުވާގޮތަކަށް ކަންތައް ކޮށްގެންނޭ. އެހެންކަމުން ސައީދުގެ ވަޒީފާ އިން ވަކިކުރުމަށް އަންގާފައިވާ މަސައްކަތް ފެށިގެން ކުރިއަށް ދަނީއޭ.

އާސިފް

ސައީދު އަށް ޕީ.އެސް ކަން ލިބިނުދިނުމަށް މަސައްކަތްކުރި ޓީމުގެ މަސައްކަތް މެކުހަށް ޖަހާލީދޯ. ތިހެން ގުބޯ ހެއްދޭނީ އާސްތުއަލީމެން ކުޑަދުވަސްކޮޅަކު. ތައުލީމީ ގާބިލުމީހުން އަމިއްލަ އަށް ވިސްނައިގެން ކަންކަން ނިންމަންފަށާނެ.

މޮހަދާ

މިނިސްޓްރީގައި ހުރި އެންމެ ގާބިލު މީހާ ބޭރުކުރަނީ. ދެން ހަމަގައިމުވެސް އެ ފެންވަރުގެ ޕީ.އެސް އެއް ނުލިބޭނެ ތިތާ އެތެރެއަކުން.