Passport Form Online koh Balaigannan Miadhu Fashaifi
image
ދިވެހި ޕާސްޕޯޓު.-- ފޮޓޯ :އިމިގްރޭޝަން
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ޕާސްޕޯޓު ފޯމް އޮންލައިންކޮށް ބަލައިގަންނަން މިއަދު ފަށައިފި

ޕާސްޕޯޓު ހެދުމަށް ހުށައަޅާ ފޯމް، ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ހުށައެޅޭގޮތް މިއަދު އިމިގްރޭޝަނުން ހަދައިފިއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ހެދުމަށް އެދުމަށް އީމެއިލް ކުރާނީ [email protected] ކަމަށެވެ.

ޕާސްޕޯޓަށް އީމެއިލް މެދުވެރިކޮށް ހުށައަޅާއިރު ދިވެހި ޕާސްޕޯޓަށް އެދޭ ފޯމް، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އަދި ރެވެނިއު ސްޓޭމްޕާއި، ޕާސްޕޯޓު ސައިޒު ފޮޓޯއެއްގެ އިތުރުން އެންމެފަހުން ހަދާފައިވާ ޕާސްޕޯޓް( JPEG ފޯމެޓަށް ) ހުށައެޅުމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަންބަރު ޖަހަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި ހިދުމަތް މެދުވެރިކޮށް، 32 ސަފުހާގެ އިލެކްޓުރޯނިކްޕާސްޕޯޓާއި، 32 ސަފުހާގެ ނޮންއިލެކްޓުރޯނިކްޕާސްޕޯޓުގެ އިތުރުން 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓް ހެދުމަށް ހުށައެޅޭނެއެވެ. ނަމަވެސް ގެއްލިފައިވާ ޕާސްޕޯޓާއި، ހަލާކުވެފައިވާ ޕާސްޕޯޓު އަދި ސެކަންޑް ޖެނެރޭޝަންގެ ޕާސްޕޯޓުގެ ތެރެއިން، ޕާސްޕޯޓުގެ މުއްދަތު 08 މަހަށްވުރެ ގިނަ ދުވަސް ހުރި ޕާސްޕޯޓް އަލުން އާކުރުމަށް މި ހިދުމަތެއް ބޭނުމެއް ނުކުރެވެއެވެ.

މިއީ ރައްޔިތުންނަށް އިމިގްރޭޝަންގެ ހިދުމަތްތަށް ލުއިގޮތަކަށް ހޯދާދިނުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް އިމިގްރޭޝަނުން ބުނިއެވެ.

މިގޮތުން، ދެ އަހަރު ތެރޭ އަތޮޅު ކައުންސިލުން ޕާސްޕޯޓް ފޯމު ބަލައިގަތުމުގެ އިތުރުން ، ބިޒްނަސް ވިސާ ހޯދަން ބެނުންވާ ފަރާތް ތަކަށް، ވިސާއަށް އެދެތާ 48 ގަޑިއިރު ތެރޭގައި، ވިސާ ލިބޭނެ ގޮތް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
ހިޔާލު