Canada in China ah kandaalhaafai huri safeeru magaamun vakikohfi
image
ކެނެޑާގެ ބޮޑުވަޒީރު (ކ) އަދި ސަފީރު މެކްލަމް.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ކެނެޑާ އިން ޗައިނާ އަށް ކަނޑައަޅާފައި ހުރި ސަފީރު ވަކިކޮށްފި

ކެނެޑާ އިން ޗައިނާ އަށް ކަނޑައަޅާފައި ހުރި ސަފީރު ޖޯން މެކްލަމް މަގާމުން ވަކިކޮށްފި އެވެ.
ސަފީރު މަގާމުން ވަކިކުރިކަން ހާމަކުރީ ރޭ ކެނެޑާގެ ބޮޑުވަޒީރު ނެރުއްވި ބަޔާނެއްގަ އެވެ. އޭނާ މަގާމުން ވަކިކުރި އިރު އެމެރިކާގެ އެދުމަށް ކެނެޑާ އިން ޗައިނާގެ ވާވޭ ކުންފުނީގެ ސީއެފްއޯ ހައްޔަރު ކުރުމުން އެ ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

މަގާމުން ވަކިކުރުމުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ސަފީރު މެކްލަމް ވަނީ ވާވޭގެ ސީއެފްއޯ ދައުވާ ކުރުމަށް އެމެރިކާ އަށް ފޮނުވަން މަސައްކަތް ކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމެރިކާ އަށް އޭނާ ގެންދިއުމަށް ހުށަހަޅާފައިވާ މައްސަލާގައި ހަމަނުޖެހޭ ގިނަ ކަންކަން ހުރިކަމަށް ސަފީރު ވިދާޅުވި އެވެ.

މި މައްސަލާގައި ޗައިނާ އިން ވަނީ އެ ގައުމުގައި އުޅޭ ކެނެޑާގެ ބައެއް މީހުން ހައްޔަރު ކޮށްފަ އެވެ. އަދި ޑްރަގް އެތެރެކޮށްގެން ޗައިނާ ގައި ހައްޔަރުކޮށް ބޮޑު ޖަލުހުކުމެއް އިއްވާފައި ހުރި ކެނެޑާ މީހަކު މެރުމަށް ވެސް ވަރަށް ފަހުން ޗައިނާ ކޯޓަކުން ވަނީ ހުކުމް ކޮށްފަ އެވެ.
ހިޔާލު