Airport ge manaa sarahdhah saikalugai vanun nuhuttuvifai!
image
މީހަކު ސައިކަލުގައި އެއާޕޯޓުގެ މަނާ ސަރަހައްދަށް ވަދެ...
މުހައްމަދު މުސްޠަފާ
7 ކޮމެންޓް
 

އެއާޕޯޓުގެ މަނާ ސަރަހައްދަށް ސައިކަލުގައި ވަނުން ނުހުއްޓުވިފައި!

މީގެ ކުރިން އެއާ ޕޯޓަށް ފެރީގައި ދާން ބުރަ އަކަށް ވިޔަސް މިހާރު އެއާ ޕޯޓަށް ދުވާލަކު ތިން ހަތަރު ބުރަށް ދާން ވެސް އެއްވެސް އުނދަގުލެއް ނޫނެވެ. ސިނަމާލެ ބްރިޖާއެކު ސައިކަލު ތަކުގައި ހުޅުލެއަށް ދެވޭނެ ގޮތް ފަހިވުމުންނެވެ. ފެރީ ތަކުގައި ހުޅުލެއަށް އަރާ މީހުން ވެސް މަދުވީއެވެ. އެއާޕޯޓުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުންވެސް ސައިކަލުގައި ޑިއުޓީ އަށް ދާން އާދަ ކުރީއެވެ. muni
ހުޅުލެއަށް ސައިކަލުގައި ދެވުނު ނަމަވެސް ވަކި ހިސާބަކުން ސައިކަލް ޕާކް ކުރަން ޖެހެއެވެ. އަމިއްލަ ކާރު ތަކަށާއި ޓެކްސީ ތަކަށް ވެސް ދެވެނީ ވަކި ހިސާބަކަށެވެ. ސީދާ ޓާމިނަލް ކުރިމަށްޗަށް ދުއްވާ އުޅަނދު ތަކުގައި ނުދެވެއެވެ.

ބްރިޖުން ހުޅުލެ ދެވުން ފަސޭހަ ވެފައި ވިޔަސް ގިނަ ބަޔަކަށް ޝަކުވާކުރެވެނީ ދާން ބޭބުންވާ ހިސާބަކަށް ނުދެވޭތީއެވެ. ސައިކަލުން ނުވަތަ ކާރުން ފައިބައިގެން ދަބަސް ނުވަތަ ފޮށްޓެއް ދަމަމުން ނުވަތަ ޓްރޮލީ އަށް ލައިގެން ހިނގާފައި ދާން ޖެހީތީއެވެ.

ސައިކަލް ޕާކު ކުރަން ކަނޑައަޅާފައި އޮންނަ ސަރަހައްދުން ހިންގާފައި އިންޓަނޭޝަނަލް ޓާމިނަލް ކުރިމައްޗަށް ވެސް ދެވޭނީ އެންމެ އަވަހަށް ވެސް ހައެއްކަ މިނެޓުންނެވެ. ރަތްދައްކާ އަވީގައި ނޫނީ ވާރޭ ވެހޭ ދުވަސް ދުވަހު ޕާކު ކޮށްފައި ހިންގާފައި ދާން ޖެހުމުން އެކަމާ ޝަކުވާ ކުރާ މީހުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

އެންމެ ފަހުން މިހާރަކަށް އައިސް ސައިކަލު ތަކުގައި އިންޓަނޭޝަނަލް ޓާމިނަލް އާ ހަމަޔަށް ދާން ފަށައިފިއެވެ. ގަވާއިދާ މުޅިން ހިލާފަށް ބައެއް މީހުން އެކަން ކުރަން ފަށާފައިވާއިރު، ގިނަ ބަޔަކު އެކަމާއި ނުރުހި ކަންބޮޑުވުން ފާލުކުރަމުންވެސް ދެއެވެ. ގަވާއިދާ ހިލާފަށް އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅަން ވެސް ގިނަ ބަޔަކު ދަނީ ގޮވާލުމުންނެވެ.

އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް އެކަން ތަކުރާރުވެއެވެ. ކޮންމެ ދުވަހަކުވެސް ސައިކަލެއް ނުވަތަ ދެ ސައިކަލެއް އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށް އައިސްގެން ޓްރެފިކް ޕޮލިހުން ހިފަހަޓަން ޖެހެއެވެ. މިކަމާ އެއާޕޯޓް ކުންފުނިން ފިޔަވަޅެއް ނާޅަނީބާވައެވެ؟

"އަޅުގަނޑުމެންނަށް ނޯންނާނެ ގާނޫނީ ބާރެއް އެފަދަ އަމަލެއް ހިންގާ މީހަކަށް ފިޔަވަޅު އެޅުމުގެ، އެކަމަކު ސައިކަލުގައި އަންނަ މީހުންނަށް ޓާމިނަލް ކައިރިން ތިބޭ ޕޮލިހުން އަނބުރާ ފޮނުވާލާނެ، އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އެބޭފުޅުން ނުގަވާއިދަށް އަންނަ ފަރާތްތަކުގެ ލައިސަންސް ނަމްބަރު ނޯޓް ކުރޭ،" އެއާޕޯޓް ކޮންޕެނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ހަސަން އަރީފް އެކަމާ ބެހޭ ގޮތުން ވިދާޅުވީ މިހެންނެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބްރިޖުމަތިން ލަގެޖް އުފުލުން މަނާ ކޮށްފައި ވުމުން ސައިކަލް ޕާކްކުރަން ހަދާފައިވާ ސަރަހައްދުގައި ޓްރޮލީ ބަހައްޓަން ވެސް ނިންމާފައި ނުވާ ކަމަށާއި އެއާޕޯޓަށް އަންނަ ފަރާތްތަކުން އެ ސަރަހައްދުގައި ޕާކު ކޮށްފައި އައުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިހާރަކަށް އައިސް ގަވާއިދާ ހިލާފަށް ސައިކަލް ތަކުގައި ޓާމިނަލް ކައިރި އަށް ދިއުން އާންމުވެއްޖެއެވެ. އެހެން ނަމަވެސް ގަވާއިދާ ހިލާފަށް ކަންތައްތައް ކުރުމުން ދެން ކުރިމަތިލާންޖެހޭ ކަންތައްތަކަށް ވެސް ވިސްނާލުން ބުއްދިވެރިއެވެ. ސައިކަލު މާ ދުރުގައި ޕާކު ކޮށްފައި ހިންގާފައި ޓާމިނަލް ކައިރިއަށް ދާން ޖެހިގެން އެކަމާ އުނދަގޫ ވާނަމަ ފެރީގައި ވެސް އައުން ހަމަ ރަނގަޅު ނޫންތޯއެވެ. އޭރުން ވެސް އެމީހުންނަށް ހިންގަންޖެހޭ ތަންކޮޅު ކުޑަ ވާނެއެވެ.
ހިޔާލު

ހެޔޮ

އެއަރޕޯރޓް ކޮމްޕެނީއަށް ޤާނޫނީ ބާރެއް ނެތަސް އެއަރޕޯރޓް ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށާއި ސިފައިންނަށް ތިތަނުގައި ޤާނޫނާއި ޤަވާއިދާ ޙިލާފުކަމެއް ކުރާކަން އިނގޭނަމަ ވަގުތުން ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު އޮންނާނެ. ޤައިމު އަޑު ގަދަ ކޮށްފައި ބޯޓުގައި ތިބޭ މީހުންނާއި މަޖަލަށް ބޮން ގޮވާހަކަ ދައްކާމީހުން ސިފައިން އައިސް ނުބާލާތަ؟ ކުޑަ ތަންކޮޅަކަށް ހިނގާފައި ދާންޖިހެނީ ހަމަ އެކަނި ސައިކަލުގައި ދާމީހުންނަށް އެކަނި...ހެޔޮ އެއްގޮތް ވެސް ނޯންނާނެ މިފަދަ ކަންތައް ކުރާ މީހުންނަށް.

ޙަސަންބެއްޔާ

އެއާރޕޯޓުގަ އެމީހުންގެ މުސާރަދީފަ ވަރުގަދަ ސެކިރިޓީ ޑިޕާރޓްމަންޓެއް އޮންނައިރު ކީއްވެ ނުހުއްޓުވެނީ

ސައީދުތުރީ

މިގައުމުގައި އުޅޭނެ ޙިމާޔަތް ކުރެވިފައި ތިބޭއެއްޗިހި އެހެންވީމާ ވާގޮއް އެއީ ބަލާނެ މީހަކު ނުހުންނާނެ ފަރުދީޒިންމާ ނެގީމާ ނިމުނީ ސަހަރޯ މިގައުމަށް އަލަށް ދުރުވި ބަޔަކީމުތޯތީ މި ގައުމު މިއޮތީ ޅަފަތުގައޭ ވިދާޅުވާ އަޑެއް ނާސްވަމުތޯ ފަނަރަފުރުނީމަ ރަނގަޅުވާނެ އަދިބޮޑުނުވަނީ ކެއްތެރި ވެލަށްވާ ފަހުންރަނގަޅުވާނެ

ނައްޓު

ނޫސްވެރިޔާއަށް މިއަދު ފެރީ ވެސް އެއީ އޮޕްޝަނެއްކަން ހަންދާން ވެއްޖެ. ޓެކްސީ ގަ އެއާޕޯޓަށް ދާ އަގު ބޮޑުވެގެން ފަޔަށް އެރި ހިނިތަށް އަދިވެސް ނުފައިބާގެން ތިއުޅެނީ. ލިޔެވޭ ނުލިޔެވޭ އެއް ވެސް ނޭންގޭ. ތީ ދުނިޔޭ ފެންވަރުގެ ނޫސްވެރިން. ތިވަރުގެ މޮޅުބަޔަކުވެސް ނެއި. ދޮގުޙަބަރު ފަތުރާގެން ވެސް ޙަބަރެއް އެބަ ހަދާލާ. ފިތުނަ އުފައްދަންވެސް ތީ ހަމަ އެކެއް.

ސުކާރު

ބަލަ މީ ރައްޔިތުނގެ ސަރުކާރޭ ބޭނުން ގޮތަޖަށްއުޅޭނީ. ބެހިބަލަ. ހުއްތޓުވަނަން

ކުޑަމަންތިރި

އެއަޕޯޓްގެ އެ ޤަވައިދު ބަދަލުކުރުން އަވަސް ކުރަންޖެހިއްްޖެމިހާރު އިންޓަނޭޝަނަލް އެއަޕޯޓެއް ވިއްޔާ އެއަސަޑު ބަންދުކުރެވިފައި އަދި ލޭންޑް ސައިޑު ހުޅުވާލެވިފައި އޮންނަން ވާނީ ވީމާ ޑިޕާޗަރ އަދި އެރައިވަލް ގެ ލޭންޑް ސައިޑު ވާންޖެހޭނީ އާންމުކޮށް ހުޅުވާލެވިފައި ،އިމަޖެންސީތައް ފިޔަވައި، ވީމާ ޕްރައިވެޓް ވެހިކަލް ތަކައް މިދެ ސަރަހައްދައް ދެވެންޖެހޭނެ އަދި ވިއްސާރައިން ހިޔާވާގޮތައް އެސަރަހައްދު ހެދިފައި އޮންނަން ޖެހޭނީވެސް

މުތް

ސާކަލަށް އެތަނަށް ނުވަދެވޭންވީ ސަބަބެއް ނޭނގޭ؟ އާޓިކަލް ކިޔާ ނިމުނުއިރުވެސް ސާކަލު އެތަނަށް ވަންނާތީ ޝަކުވާ ކުރާމީހާގެ ވާހަކައެއް އަދި އުނދުގޫވާ ސަބަބެއްވެސް ނޭނގުނު؟!