MDP in hushahehi islaahuthah qaanoon asaasi aai hilaaf: Jameel
image
ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
2 ކޮމެންޓް
 

އެމްޑީޕީން ހުށަހެޅި އިސްލާހުތައް ޤާނުނު އަސާސީއާ ހިލާފު: ޖަމީލު

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ގޮތުން ސްޕްރީމް ކޯޓުގެ ބާރު ދަށްކޮށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތައް ޤާނޫނު އަސާސީއާއި ހިލާފުކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. muni
ސްޕްރީމް ކޯޓްގެ ބަރުދަށްކޮށް ރެޖިސްޓްރާއަށް ބާރުތައް ދިނުމާއި ގުޅޭ ހަބަރެއްގެ ސްކްރީން ޕްރިންޓާއިއެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ނިޒާމަށް އިސްލާހުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް ހުށަހަޅާފައިވާ އިސްލާހުތައް ޤާނޫނު އަސާސީއާއި ހިލާފު ކަމުގައެވެ.
ކުރިއަރާފައިވާ ގައުމުތަކުގައި ސުޕްރީމް ކޯޓުތަކަށް ލިބިގެންވާ ބާރުތަކާ ކަމަށްވާ ސުމޯޓޯ މައްސަލަތަކާއި ދުސްތޫރީ މައްސަލަތަކާ އެ އިސްލަހު ހިލާފުކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ވަކިވަކި ފަރާތްތަކަށް އަމާޒުކޮށް ގާނޫނު ހެދުމުގެ ސިލްސިލާ ހުއްޓާލައި، މުއައްސަސާތައް ހަރުދަނާ ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީއިން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް ބޭއްވި ޕޮލިސީ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ލީގަލް ޑިރެކްޓަރު ހިސާން ހުސައިން ވަނީ ޝަރުއީ ދާއިރާއަށް އެމްޑީޕީން ގެންނަން ބޭނުންވާ ބަދަލުތައް ތަފްސީލުކޮށްދެއްވާފައެވެ.

ޖުޑީޝަރީގެ ތިން ދިމާލަކަށް އެމްޑީޕީން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދޫކޮށްލެވިފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު އަންޔަންކޮށް އެމީހާގެ ދަށުން ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަންޔަންކޮށް ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީއަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާއަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ކޯޓުތަކަށް ރަޖިސްޓްރާއިން އަންޔަން ކުރުމާއި ކޯޓުތަކުގެ އިދާރީ ހުރިހާ މަސައްކަތެއް ރަޖިސްޓްރާއިންގެ ދަށުން ބެލެހެއްޓުން ހިމެނެއެވެ. އެމްޑީޕީން އެކުލަވާލާފައިވާ ގޮތުން ކޯތުތަކުގެ ރަޖިސްޓްރާއިންނަށް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ފަނޑިޔާރުންގެ ދައުރެއް ނެތި ބަލައިގަނެވޭނެއެވެ. މީގެ އިތުރުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ތަރުތީބުކޮށް، އެ މައްސަލަތައް ބަލާނެ ފަނޑިޔާރުން ކަނޑައެޅުމަކީވެސް ރަޖިސްޓްރާގެ ޒިންމާއެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

ހިސާން ވިދާޅުވީ މި އިސްކލާހްގެ ސަބަބުން ކޯޓުތަކުގެ އިސްފަނޑިޔާރުން ކުރާ ހުރިހާ އިދާރީ މަސައްކަތަކީ ރަޖިސްޓްރާ ކުރާ މަސައްކަތަކަށްވެ، ފަނޑިޔާރުންނަކީ ސީދާ މައްސަލަތައް ބެލުމަށް ހުސްވެ ތިއްބަވާ ބޭފުޅުންނަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރަށް ސްޕްރީމް ކޯޓުން ބަލާ އެއްވެސް މައްސަލައެއްގައި ގޮތެއް ނިންމޭނީ އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމަކަށް ފަހު ކަމަށާއި، އަމިއްލައަށް އިސް ނަގައިގެން ސްޕްރީމް ކޯޓުން އެއްވެސް މައްސަލައެއް ނުބެލޭ ގޮތް ހެދުމަށްވެސް ވަނީ އިސްލާހުގައި ހިމަނާފައެވެ.

ސްޕްރީމް ކޯޓުން އުނިކުރަން ހުށަހަޅާފައިވާ ބާރުތަކުގެ ތެރޭގައި ކޯތުތަކަށް ފަނޑިޔާރުން އަންޔަން ކުރުމާއި ވަކީލުންނަށް ހުއްދަ ދިނުންވެސް ހިމެނެއެވެ. އެމްޑީޕީން ބުނީ ވަކީލުންނަށް ހުއްދަ ދޭނީ އެހެންވެސް ގައުމުތަކުގައި އަމަލުކުރަމުންދާ ގޮތަށް ބާ އެސޯސިއޭޝަނުންނެވެ.

ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވި އިރު މިއިން އެއްވެސް އިސްލާހެއް އަދި މަޖިލީހަށް ހުށައެއް ނާޅައެވެ.


ހިޔާލު

ޖައްލާދު

އިންޑިއާގެ ގާނޫނު އަސާސީގައި ސުމޯޓޯ މައްސަލަ ބެލުމުގެ ބާރު ސުޕްރީމްކޯޓަށް ދީފައި އޮވޭ. ރާއްޖޭގެ ގާނޫނު އަސާސީގައި އެބާރު ދީފައެއް ނެތް. ނަމަވެސް އިންޑީއާގައި ސުޕްރީމް ކޯޓުން އެބާރު ބޭނުން ކުރަނީ ވަރަށް މަދު ހާލަތެއްގައި، ރާއްޖެހެން އިރުއިރުކޮޅާ އަމިއްލައަށް މީހަކު މައްސަލައެއް ހުށަނޭޅިޔަސް ކަންކަމެއް ނުނިންމާ.

އަލީބަލީ

މިއީ އެމްޑީޕީ މެންބަރުން ހޮވުމުން ޖުޑީޝަލް ރިފޯމަށް ކޮށްދޭނެ ކަމަށް ވައުދުވާ ކަންކަން. އެމްޑީޕީގެ ވައުދު ފުއްދާނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ނޫން ކަމެއްވެސް އަދި ބުނެފައެއް ނެތް. ވީމާ މި ގާނޫނު އަސާސީއާއި ޚިލާފުތޯ ނޫންތޯ ނިންމާ ހިސާބަކަށް އަދި ނުދޭ. މަޖިލީހަށް ހުށަހެޅިމާ އިގޭނީ. މަޖިލީހަކީ ގާނޫނު އަސާސީވެސް އިސްލާހު ކުރުމުގެ ބާރު އޮންނަ ތަނެއް.