Naibu vazeerun ge magaamah 8 beyfulhaku ayyan kuranvaifi
image
ހެރިޓޭޖުގެ ނައިބުގެ މަޤާމަށް، ޢައްޔަން ކުރެއްވި އަޙްމަދު މުޙްސިން
2 ކޮމެންޓް
 

ނައިބު ވަޒީރުންގެ މަޤާމަށް 8 ބޭފުޅަކު އައްޔަން ކުރައްވައިފި

މިނިސްޓަރުންގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.
މިގޮތުން މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް، އައްޔަން ކުރެއްވީ ހެންވޭރު ކަޅުވަކަރުގެ މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒެވެ. މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒަކީ ދަ ޔުނިވަރސިޓީ އޮފް ނޮޓިންހަމުން ބެޗެލަރ ސައިންސް ވިތް ހޮނަރސް އިން އިކޮނޮމިކްސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒަކީ މިނިސްޓްރީ އޮފް ފިނޭނެސް އެންޑް ޓްރެޒަރީގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރެއްވީ އައްޑޫ ސިޓީ ހުޅުދޫ، ހެޕީޑްރީމް މުޙައްމަދު އަންޞާރެވެ. މުޙައްމަދު އަންޞާރަކީ ހަޔަރ ނެޝަނަލް ޑިޕްލޮމާ އިން ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ނައިބުގެ މަޤާމަށް، ޢައްޔަން ކުރެއްވީ ގަލޮޅު ސައިމާ ޙަމަދު ޢަބްދުލްޣަނީއެވެ. ޙަމަދު ޢަބްދުލްޣަނީ އަކީ ބެޗެލަރ އޮފް އިންޖިނިއަރިންގ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އިނގިރޭސި ވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީގައި އެއިރޯ ސްޕޭސް އިންޖިނިއަރިންގ ގެ ދާއިރާއިން ލެކްޗަރަރ އެއްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަޤާމަށް، ޢައްޔަން ކުރެއްވީ ހދ.ނައިވާދޫ، ގުލްފާމްގެ އަޙްމަދު މުޙްސިނެވެ. އަޙްމަދު މުޙްސިނަކީ ޑިޕްލޮމާ އިން ކޮމްޕިއުޓިންގް އެންޑް މަލްޓިމީޑިއާގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ ޓްރެއިނިންގް ހޯއްދަވާފައިވާ ބޭފުޅެކެވެ. އަޙްމަދު މުޙްސިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަން ކުރައްވާ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް، ޢައްޔަން ކުރެއްވީ ހދ.ވައިކަރަދޫ، ޖޭޒްމީން ޙުސައިން ޒާމިރެވެ. ޙުސައިން ޒާމިރަކީ ބެޗެލަރ އޮފް އަރޓްސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ޙުސައިން ޒާމިރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މިނިސްޓަރުގެ ނައިބުގެ މަޤާމުވެސް ފުރުއްވާފައެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވީ ގަލޮޅު ހިމާލިޔާގެ ފާޠިމަތު ނިޢުމާއެވެ. ފާޠިމަތު ނިޢުމާއަކީ މާސްޓަރ އިން ޕަބްލިކް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް އައްޔަން ކުރެއްވީ މައްޗަންގޮޅީ މަނަސް ރިޔާޟް މަންޞޫރެވެ. ރިޔާޟް މަންޞޫރަކީ ސޮފްޓްވެއަރ އިންޖިނިއަރިންގ އިން އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން އަދާކޮށްފައިވާ މަޤާމުތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ޓެކްނިކަލް ކޮންސަލްޓަންޓްގެ މަޤާމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕމްނަޓްގެ ޑިރެކްޓަރުގެ މަޤާމުވެސް ހިމެނެއެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް، އައްޔަން ކުރެއްވީ ގަލޮޅު ރަންދެލިގެ ފާޠިމަތު ޔުމްނާއެވެ. ފާޠިމަތު ޔުމްނާ ވަނީ ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒްއިން މަސްޓަރ އޮފް ސައިންސް ހާސިލުކުރައްވާފައެވެ. ފާޠިމަތު ޔުމްނާ މީގެ ކުރިން ފުރުއްވާފައިވާ މަޤާމުތަކުތެރޭގައި ސާރކް ޔޫއެން ވިމަންގެ ކޮންސަލްޓަންޓެއްގެ މަޤާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހިމެނެއެވެ.
ހިޔާލު

ޢިބްރާ

ރާއްޖެ ޓީވީ ކުދިންކޮޅަށް ވަޒީފާތައް ބަހަންޖެހިފަ ތި އޮތީ

ލލ

ކޭކް ބަހާ ހުސްނުވަނީތޯ އަދިވެސް !