Pay Commission ah beyfulhun ayyan kurahvaifi
image
ޕޭ ކޮމިޝަނަށް ބޭފުޅުން އައްޔަނުކުރައްވައިފި
0 ކޮމެންޓް
 

ޕޭ ކޮމިޝަނަށް ބޭފުޅުން އައްޔަނުކުރައްވައިފި

"ނޭޝަނަލް ޕޭ ކޮމިޝަން" ގައި މިހާތަނަށް ތިއްބެވި ބޭފުޅުން ވަކި ކުރައްވައި، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
ޕޭކޮމިޝަނަށް އައްޔަން ކުރައްވާފައިވަނީ ހަތަރު ބޭފުޅެކެވެ. އެބޭފުޅުންނަކީ:

1. މަރްޔަމް ނިޔާފް މުޙައްމަދު، ހ ނީލަމް
މަރްޔަމް ނިޔާފް މުޙައްމަދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން މާސްޓަރ އޮފް ސައިންސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ގެންދަވަނީ މެލޭޝިޔާގެ މެނެޖްމަންޓް ސައިންސް ޔުނިވަރސިޓީ އިން ބިޒްނަސް/އެޗް.އާރ ދާއިރާއިން ޕީ.އެޗް.ޑީ ފުރިހަމަ ކުރައްވަމުންނެވެ. މަރްޔަމް ނިޔާފް މުޙައްމަދު ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ލެކްޗަރަރއެއްގެ މަގާމު އަދާ ކުރައްވަމުންނެވެ.

2. ޢަފާފް އިބްރާހީމް ޢަލީދީދީ، ވ. މިންނަތް
ޢަފާފް އިބްރާހީމް ޢަލީދީދީ އަކީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

3. ޢަބްދުﷲ ޢަލީ، ރޯނުގެ، ހދ. ހަނިމާދޫ
ޢަބްދުﷲ ޢަލީ އަކީ އެމެރިކާގެ އީސްޓަރން މިޝިގަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް އާޓްސް އިން އިކޮނޮމިކްސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޢަލީ ގެންދަވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓްގެ މަގާމު އަދާ ކުރައްވަމުންނެވެ.

4. ފާޠިމަތު ޝާނާ ފާރޫޤު، ހ ލަންސިމޫގެ
ފާޠިމަތު ޝާނާ ފާރޫޤު ގެންދަވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާ ކުރައްވަމުންނެވެ.

މި ބޭފުޅުންގެ ތެރެެިން "ނޭޝަނަލް ޕޭ ކޮމިޝަން" ގެ ނައިބު ރައީސް ކަމަށް ހަމަޖައްސަވާފައިވަނީ މަރްޔަމް ނިޔާފް މުޙައްމަދެވެ.
ހިޔާލު