PNC ge vaguthee raees akah abdulraheem
image
ޕީއެންސީގެ ލޯގޯ
1 ކޮމެންޓް
 

ޕީއެންސީގެ ވަގުތީ ރައީސް އަކަށް އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތް ބޭފުޅުން އިސްކޮށް ތިއްބަވާ އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސީ، ޕީއެންސީގެ ވަގުތީ ރައީސަކަށް އެ ޕާޓީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ އައްޔަން ކޮށްފިއެވެ. leaward
އަބްދުއްރަހީމް އެމަޤާމަށް އައްޔަން ކޮށްފައިވަނީ ޕީއެންސީ އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

ޕީއެންސީގެ ވަގުތީ ރައީސްގެ މަޤާމަށް އަބްދުއްރަހީމް އައްޔަން ކުރި އިރު ނައިބު ރައީސުންގެ ގޮތުގައި ކުރީގެ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުވެސް ވަނީ އައްޔަން ކޮށްފައެވެ.

ދޫންޏެއް ރަމްޒުކޮށްދޭ ލޯގޯ އަކާއިއެކު ޕާޓީގެ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ވިލު ނޫ ކުލައެވެ. އަދި ޕާޓީ ހިންގުމަށް ހަތަރު ބޭފުޅުންގެ ކޮމެޓީއެއްވެސް މިރޭވަނީ އައްޔަން ކޮށްފައެވެ.

ޕީއެންސީ
ހިޔާލު

ޓީތް

ތީ އެއާރ ލައިނެއްގެ ލޯގޯ އާއި ވައްތަރީ