Gaumun beyrugai hiyaanathuge faisa genaumuge masahkaiyy fashaifi
image
ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު
8 ކޮމެންޓް
 

ޤައުމުން ބޭރުގައިހުރި ހިޔާނާތުގެ ފައިސާ ގެނައުމުގެ މަސައްކަތް ފަށައިފި

ރާއްޖެއިން ބޭރުގައި ހުރި ހިޔާނަތުގެ ފައިސާ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަތަކެއް ފުލުހުންނަށާއި ހިޔާނާތް ބަލާ ކޮމިޝަނަށް ހުށަހެޅުމަށްފަހު މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ދައުލަތަށް އަނބުރާ ހޯދުމަކީ މި ސަރުކާރުން ބޮޑު އަހުމިއްޔަތުކަމެއްދީގެން ކުރަމުންދާ މަސައްކަތަކަށްވާތީ އެ ފައިސާއާއި މުދާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެ ފައިސާ "ރާއްޖެއަށް އަނބުރާ ގެނައުމަށް" ޓަކައި ގާނޫނީ ގޮތުން ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ހޯދައި، އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީންއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން މަނީލޯންޑްރިން ހިންގިކަމަށް ތުހުމަތުކުރެވޭ މުއާމަލާތްތަކެއްގެ ހެކި ހިމެނޭ ލިޔުންތައް އެމްޑީޕީން އެ އޮފީހަށް ހުށަހަޅާފައިވާ ކަމުގައެވެ.

އޭޖީ އޮފީހުންބުނީ އެމްޑީޕީން އެއޮފީހަށް ހުށަހެޅި ލިއުންތަކަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޮބައިލް ފޯނުތަކުގައިވާ ޑާޓާ އެނަލައިޒްކޮށް ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓާއި އެ ރިޕޯޓާ ގުޅޭ ލިޔުންތައް ކަމުގައެވެ.

އެ ޑޭޓާތަކަކީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަދީފައިވާ ޑޭޓާ ރިކަވަރީ އަދި އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑޭޓާތަކެއް ކަމަށާއި އެ ރިޕޯޓާއި ލިއުންތައް ހިޔާނާތްބަލާ ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އޭޖީ އިފީހުން ބުނީ އެތަކެތި ކޮމިޝަނަށް ހުށަހެޅުމުގެ އިތުރުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށާއި ހެކި ރައްކާތެރިކޮށް މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމަށް ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމުގައެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެ ރިޕޯޓާއި ލިއުންތައް އެ އޮފީހުންވެސްވަނީ ދިރާސާ ކޮށްފައެވެ. އެ ދިރާސާއިން ހާހަގަ ކުރެވުނު ގޮތުގައި މަނީލޯންޑްރިންގެ އިތުރުން ރިޝްވަތު ދިނުމާއި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އަމަލުތައްވެސް ފާހަގަ ކުރެވިފައިވާކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ހިޔާލު

ސޮބުރީ

ގައުމުގައި ބާލީސްދަށަށްލާފައި ހުރި ފައިސާ ފުރަތަމަ އަތުލަބަލަ.

ތިލަފަތް

ތިޔަ މަޢުލޫމާތުތައް ތިލަވީމާ ތިޔަ މަސައްކަތުގައި ހުރި ކޮރަޕްޝަންގެ މިންވަރު އެނގޭނީ. މައްސަލަތައް ބަލާ ފައިސާތައް ހޯދަންޖެހޭނެ. އެހެން ނަމަވެސް ތިޔަ ފައިސާގައި ޖެހިފައިވާކަމަށް މޑޕ ގެ މީހެއްގެ ނަން ނެތްނަމަ އެއީ ތިޔަ މަޢުލޫމާތުގެ ޞައްޙަކަމާއި ނޫންކަން އަންގައިދޭނެ ކަމެއް.

އަބުސީ.

ކޮބާ؟ ދެންތިބި ވަގުން ޖަރީމާހިންގިމީހުންނާ ސަރުކާރުދޮވެލިމީހުންނާ ޓީވީއަންއަރައި ސްޕްރިންކޯޓުގެ އަމުރާދެކޮޅަށް ބަޣާވަތްކުރިމީހުން އުފަލުގައި މީދެންކޮންކަމެއް

ލަކޫ

މިޤައުމުން ދައުލަތުގެ ފައިސާ ގެއްލިފައި ވަނީ ހަމަ އެކަނި މިދިޔަސަރުކާރުގައި އެކަނިއެއްނޫން އިބްރާހިމް ނާސިރާއި މައުމޫނާއި ނަޝީދާއި ޑރ ވަހީދުގެ ވެރިކަމުގެ ދައުރުގައިވެސް ދައުލަތުން އެތަކެއް ފައިސާ ބަޔަކު ނަގާފަ އެބަހުރި ކާކަށްތޯ އެގެނީ !

ސައީދުތުރީ

ހިތަށް އަރަނީ ތިކަން ވާނެ ބާއޭ ގަބޫލް ނުކުރެވެނީ މަޖިލީހުގެ މެޖޯރިޓީލިބިގެންނޭ ވާނީ ވިދާލުވާ އަޑުއިވެނީ އެކަމަކު ކުރިޔަކުން ވިދާޅުވާއަޑެއް ނީވޭ މިވާހަކައެއް މިގައުމުގައި މާޒީގައިވެސް ރަށްޔަތުންގެ ބޮޑެތި އެސެޓްތައް ވީތަނެއްވެސް ނޭންގޭ އެމްއެސްއެލް ކިޔާކުންފުންޏެއް އޮތް ކޮބާތޯ އަގުބޯޓްތައް އެަރމޯލްޑިވްސް ކިޔާކުންފުންޏެއް އޮތް ކޮބާތޯ މަތިންދާބޯޓްތައް މީ ރަށްޔަތުންނަށާ ގައުމަށް ވީޙިޔާނާތެއް ޒިންމާވާބަޔަކުނެތް މިދުނިޔޭގައި ސަލާމަތް ވެވިދާނެ ގިޔާމަތް ދުވަހުން މާތްﷲގެ ޙަޒުރަތުގައި ޒިންމާވާންޖެހޭނެ ބަހަނާދަށްކާފައި ސަލާމަތެއް ނުވެވޭނެ ބަރާބަރު އިންސާފު ލިބޭނެ

ކަފުން

ކޮންމެ އިންތިހާބަކާ ދިމާކޮށް ތިޒާތުގެ އަޑުގަދަވާނެ

ޖަމަލު

އަދީބު ލައްވާ ޔާމީނު ހިއްގާފަހުރި ޖަރީމާތަކުގެ %5 މިއީ، އަދި އިތުރަށް ނިއުޅާލީމަ އިތުރުކަންކަންދާނީ ހާމަވަމުން. އަދީބު ގެއަށް ދޫނުކޮށްގެން މިއުޅޭ ހިޔާނާތުފައިސާ ކެވުނު ކުދިންކޮޅު ކިތަމެވަރަކަށް ތެޅުނަސް، ދޫކޮށްގެން ނުވާނެ. އަދީބު އާއި ޔާމީނު ދައުލަތަށްދިން ގެއްލުމުގެ ބަދަލު ނުދީ ފިލާފިނަމަ ރައީސް އިބޫ އަދި މިސަރުކާރުން އެކަމުގެ ޒިންމާނަގަންޖެހޭނެ. ޢަދި ދުވަހަކުވެސް މާފެއްނުކުރާނަން.

މޫނިސް

މިއޭ މިވާގޮތަކީ، މިހެން ވަންޔާ އަދީބު ހޭވެސް ނެތޭނެ، ވެއްޓެންވެސް ވެއްޓޭނެ. އެކަމް ސޮރީ ބްރޯ ކޮންމެ ގޭމެއް ޖެއްސިޔަން ނެތް ފޮނުވޭކަށް ރާއްޖެއިން ބޭރަށް. މީ ވަރަށް ވާހަކަ