China ge Belt and Road Initiative ge award eh Raajje ah
image
ރާއްޖޭގެ އިތުރުން ލަންކާ އާއި ޕާކިސްތާނަށް ވެސް އެ އެވޯޑް ލިބުނު.
މުހައްމަދު މުސްޠަފާ
2 ކޮމެންޓް
 

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ އެވޯޑެއް ރާއްޖެއަށް

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ގައި ބައިވެރިވެ، އެ އިނީޝިއޭޓިވް ކުރިއެރުވުމަށް މަސައްކަތް ކުރާ ގައުމުތަކަށް ދޭ އެވޯޑް ރާއްޖެ އަށް ލިބިއްޖެ އެވެ.
ސިލްކް ރޯޑްގެ ދަށުން ޗައިނާ އިން ގެންގުޅޭ ތަރައްގީގެ ސްޓްރެޓަޖީ ކަމަށްވާ ބީއާރްއައި ގައި ބައިވެރިވެފައިވާ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އިތުރުން އަވައްޓެރި ސްރީ ލަންކާ އާއި ޕާކިސްތާނަށް ވެސް ވަނީ އެ އެވޯޑް ދީފަ އެވެ.

ކުރިގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޗައިނާ އާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އެ ގައުމުގެ ސިޔާސަތުތަކަށް ރާއްޖޭން ތާއީދު ކުރި އެވެ. އެގޮތުން ޗައިނާ އިން ދިޔައީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ.

ޗައިނާ އާ ދެކޮޅު ގައުމުތަކުން ވަނީ ސިލްކް ރޯޑާއި ބީއާރްއައި އަކީ ޗައިނާގެ ޒުފޫޒު ފޯރުވުމަށް ކުރިއަރަމުން އަންނަ ގައުމުތަކަށް ފަސޭހައިން ލޯނު ދީގެން އެ ގައުމުތައް ދަރަނިވެރި ކޮށްލުމަށް ގެންގުޅޭ ސިޔާސަތެއް ކަމަށް ބުނެ އެވެ.

އެގޮތުން ރާއްޖޭން ޗައިނާ އަތުން ނަގާފައިވާ ލޯނުތަކުގެ އަދަދު 21 ބިލިޔަނަށް އަރާއިރު، ލަންކާ އޮތީ "ބަނގުރޫޓުވެފަ" އެވެ. އަދި ޕާކިސްތާނު ވެސް އެތައް ބިލިޔަނަކުން ޗައިނާ އަށް ވަނީ ދަރާފަ އެވެ.
ހިޔާލު

ކަލް ދޯ ބަޖޭ

ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަށް ލޫޓުވާ ފޭރިގަންނަނީ މިފަދައިން !

އަހައްމާ

މި ލިޔުން ކިޔާލުމުން ހީވަނީ ޗައިނާއިންދޭ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އެވޯޑްއަކީ ބަގްރޫޓްވާ ގައުމުތަކަށް ދޭ އެވޯޑެއް ހެންނެވެ.