Dhauvaa anburaa gendhiyairu, ekan kuri meehunnah fiyavalhu alhan jehey: Raees Maumoon
image
ރައީސް މައުމޫން އަބްދުލް ގައްޔޫމް.-- ފައިލް ފޮޓޯ
1 ކޮމެންޓް
 

ދައުވާ އަނބުރާ ގެންދިޔައިރު، އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔައިރު، އެކަން ކުރި ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ، އެމަނިކުފާނާއި ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެނައުމުން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

އެގޮތުން ދައުވާތައް އަނބުރާ ގެނައުމަށް ނިންމުން ރަނގަޅު ކަމަށާއި، ނަމަވެސް ހަގީގަތާ ހިލާފު ކަންތައްތަކެއްގެ މައްޗަށް ދައުވާ ކުރަން ނިންމައި އެކަން ކުރި މީހަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވުމުން ރައީސް މައުމޫނު ވަނީ އެކަމާ ފުރިހަމަ އަށް އެއްބަސްވާ ކަމަށް ވިދާޅުވެފަ އެވެ.

"[ޑރ. ޝަހީދުގެ ވާހަކަ އަށް] ފުރިހަމަ އަށް އެއްބަސް. އެއްމެންނަށް ވެސް އެނގޭ [އެކަން ކުރީ] އެއީ ކާކު ކަން،" ރައީސް މައުމޫން ޓްވިޓާގައި ވިދާޅުވި އެވެ.

ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގާދިޔަ ކަންތައްތަކުގެ ތެރެއިންނެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރީ އެ މަހުގެ ފަސް ވަނަ ދުވަހެވެ.

ރައީސް މައުމޫނުގެ އިތުރުން ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ތިން ބޭފުޅުން ވެސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބޭތިއްބި އެވެ.
ހިޔާލު

ތިންފައް

ދައުވާ އަނބުރާ ގެނައުމަކުން ނުފުދޭނެ ނުހައްގުން ދައުވާކޮއް ދޮގުހެކިހޯދައިގެން ހުކުމްކޮއް އެތަށް ދުވަހެއްގަ ޖަލުގަބައިތިއްބި މީހުންނަ އިންސާފު ލިބެއްޖެހޭ އަދި އަނިޔާ ވެރިންނަށް ހައްގު އަދަބު ލިބެން ޖެހޭ