Mee Algae Thelun Dhuhvaa Lakudi Saikaleh
image
ފޮޓޯ: ޓްރަސްއޓީ ޖޭސްމިން
ޝާދިން މުހައްމަދު
0 ކޮމެންޓް
 

މިއީ އެލްގޭ ތެލުން ދުއްވާ ލަކުޑި ސައިކަލެއް

ނެދަލޭންޑްސް ގެ 'ރިޓްސާޓް މޭންސް' ނަމަކަށް ޑިޒައިނަރަކާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ޕީޓާ މޫޖީ ނަމަކަށް ކިޔާ ސައިންޓިސްޓެއް ވެެގެން ވަނީ ވަރަށް ފަހުން އާދަޔާ ހިލާފު ސައިކަލެއް އީޖާދުކޮށްފައެވެ. މި ސައިކަލަކީ އެލްގޭ ތެލުން ދުއްވާ، ލަކުޑިން ހަދާފައިވާ ސައިކަލެވެ. އެލްގޭ އަކީ ފެނުގައި (ލޮނާއި ހެޔޮ ފެނުގައި) އުފެދޭ ފެހީގެ ބާވަތެކެވެ.
ޕީޓާ އަކީ އެލްގޭ ހައްދާ އަދި އެލްގޭއިން ހަކަތަ އިޖާދު ކުރަން އެތަކެއް ހުވަފެނެއް ދެކެމުން އައި މީހެކެވެ. ވަރަށް ފަހުން ޕީޓާ ވަނީ އެލްގޭ އާއި ބެހޭ ގޮތުން 'ޑައި ޑިއްކި އަލްގް' ނަމަކަށް ކިޔާ ފޮތެއް ލިޔެފައެވެ.

ރިޓްސާޓަށް މި ސައިކަލު އުފެއްދުމުގެ ހިޔާލު އައީވެސް ޕީޓާގެ އެލްގޭއިން ތެޔޮ އުފެއްދުމަށް ހުންނަ ޝައުގު ބޮޑުކަމުން ކަމަށް ރިޓްސާޓް ބުނެއެވެ. އަދި މި ސައިކަލުގެ އެހެން ބައިތަކަށް ލަކުޑިން ހެދީ ތިމާވެއްޓާ ހުރި ގުޅުން ބޮޑަށް ދައްކަން ކަމަށްވެސް ރިޓްސާޓް ވިދާޅުވިއެވެ.

އާންމު ގޮތެއްގައި މީހުން ސައިކަލު ޓެސްޓް ކުރުމަށް މަގުމައްޗަށް ނުވަތަ އެކަމަށް ހާއްސަ ކޮށްފައިވާ ރޭމްޕަކަށް ސައިކަލު ގެންދިޔަ ނަމަވެސް ، ރިޓްސާޓް އޭނާގެ ސައިކަލު ޓެސްޓް ކުރަން ގެންދިޔައީ ގޮނޑުދޮށަށެވެ. އެއީ އެ ސައިކަލުގެ ތެލުގެ ގޮތުގައި ބޭނުން ކުރާ އެލްގޭ ހެދެނީ މޫދުގައި ކަމަށްވުމާއިއެކު 20ވަނަ ގަރުނުގައި ސައިކަލުތަށް ޓެސްޓް ކުރަން ގެންގޮސް އުޅުނީ ގޮނޑުދޮށަށް ކަމަށްވާތީ ކަމަށް އޭނާ ބުނެއެވެ.

ރިޓްސާޓް ބުނީ ކުރިއަށް އޮތް އަަހަރުތަކުގައި ހަކަތަ އުފައްދާ ނިޒާމްތަށް ނެތިދިއުމުގެ ބިރު އޮތުމުގެ ސަބަބުން އެހެން ގޮތަކަށް އެކަމަށް ހައްލެއް ހޯދަން މިހާރުވެސް މަސައްކަތަ ކުރަންޖެހޭނެ ކަމަށެވެ.

މިސައިކަލުގެ ދުވެއްޔާބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލަކުޑި ސައިކަލު
ހިޔާލު