Mahsala hallukoh airport ah alun karantu dheefi
image
މައްސަލަ ހައްލުކޮށް އެއާޕޯޓަށް އަލުން ކަރަންޓް ދީފި
0 ކޮމެންޓް
 

މައްސަލަ ހައްލުކޮށް އެއާޕޯޓަށް އަލުން ކަރަންޓް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު ބަޔަކުން ކަރަނޓް ކެނޑި ގިނަ އިރުތަކެއް ފަހުން މައްސަލަ ހައްލުކޮށް އަލުން އެއާޕޯޓަށް ކަރަންޓް ދީފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓުންބުނީ މައްސަލަ ހައްލުކޮށް މިރޭ 19:45 ގައި އެއާޕޯޓްގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފައިވާ ކަމުގައެވެ.
މައްސަލަ ހައްލުކޮށް އެއާޕޯޓަށް މިރޭ އަލުން ކަރަންޓް ދީފައި މިވަނީ ކަރަންޓް ކެނޑުނުތާ ދެ ގަޑިއިރަށް ވުރެ ގިނައިރު ވީފަހުންނެވެ.

މިރޭ އެއާޕޯޓުން ވަހަކަ ދެއްކި ބައެއް މުވައްޒަފުންބުނީ އެއާޕޯޓްގެ ޕަވަޕްލާންޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑިފައިވާތާ ގިނަ އިރުތަކެއް ވެފައިވާ ކަމުގައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ކަރަންޓް އެއްވެސް ގޮތަކަށް ނެތްތާ މިހާރު ދެ ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާކަމަށް އެއާޕޯޓުން ވާހަކަދެއްކި ބައެއް މީހުން ބުނެއެވެ.

އެމްއޭސީއެލުން ކުރިން ބުނީ ދިމާވި މައްސަލައަކާއި ގުޅިގެން އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމުގައެވެ.
އެނގިފައިވާ ގޮތުގައި އެއާޕޯޓުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
ހިޔާލު