Emboodhoo falhugai hingamun anna resortehgai alifaanuge bodu haadhisaaeh
image
0 ކޮމެންޓް
 

އެނބޫދޫ ފިނޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް

އެނބޫދޫ ފިނޮޅުގައި ހިންގަމުން އަންނަ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ މޫދު ކޮޓަރިއެއްގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓް ފަތިހު 4:48 ހާއިރު ލިބިފައިވާ ކަމަށެވެ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލެވުނީ 6:15 ހާއިރު، އެމްއެންޑީއެފްގެ ފަޔާފައިޓަރުންނާ އެ ރިސޯޓުގެ ފަޔާ ފައިޓަރުން ގުޅިގެން ކުރި މަސައްކަތުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާންގަނޑު ނިންވާލެވުނު އިރު އެ ރިސޯޓުގެ ފަސް މޫދު ކޮޓަރިއެއް އެއްކޮށް ވަނީ އަނދާ ހުލިވެފަ ވެފައެވެ. ފުރަތަމަ އަލިފާން ރޯވީ އެ ރިސޯޓުގައި ފަތުރުވެރިން ތިބި ކޮޓަރިއެއްގައި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި ސާފުނުވާ ކަމަށާއި އެކަން ހިނގަން މެދުވެރިވީ ކީއްވެގެން ކަން ބަލަމުން އަންނަ ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު ވަނީ ރާއްޖޭގައި ހިންގަމުން ދިޔަ މަތީފަންތީގެ ރިސޯޓެއް ކަމަށްވާ ގިލިލަންކަން ފުށީގައި ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފަ އެވެ. އެގޮތުން އެ ހާދިސާގައި އެ ރިސޯޓުގެ ނުވަ މޫދު ކޮޓަރިއެއް އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ. އާ އަހަރުގެ ޗުއްޓީއަށް ރިސޯޓް ފުރިފައި އޮއްވާ ހިނގި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާއިރު، މިހާރު އެ ރިސޯޓް އޮތީ މަރާމާތައް ބަންދުކޮށްފަ އެވެ.

ހިޔާލު