Fas Dhuvas Hadhaafai huri pasta Kigen Zuvaanaku Maruvejje
image
ފަސް ދުވަސް ކުރިން ހަދާފައި ހުރި ޕާސްތާ ކައިގެން ޒުވާނަކު މަރުވެއްޖެ---
0 ކޮމެންޓް
 

ފަސް ދުވަސް ކުރިން ހަދާފައި ހުރި ޕާސްތާ ކައިގެން ޒުވާނަކު މަރުވެއްޖެ

ފަސް ދުވަސް ކުރިން ހަދާފައި ހުރި ޕާސްތާ ކައިގެން ބެލްޖިއަމްގައި ޒުވާން ފިރިހެނަކު މަރުވެއްޖެއެވެ.
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި 20 އަހަރުގެ އެޒުވާނާ މަރުވެފައިވަނީ ފަސް ދުވަސްކުރިން ހަދާފައި ހުރި ބޯތައްޓެއްގެ ޕާސްތާ ތެރެއަށް ޓޮމާޓޯ ސޯސް އަޅައިގެން ކެއުމަށް ފަހުއެވެ. އަދި ޕާސްތާ ކެއުމަށްފަހު ބޮލުގަ ރިއްސާ ބަނޑުގައި ރިއްސި ކަމަށް އެނޫސްތަކުން ބުނެއެވެ.

އޭގެ ގަޑިއިރެއް ހާއިރު ފަހުން ގިނަ ގަޑިއިރުތަކެއް ވަންދެން އޭނާ ހޮޑުލި ކަމަށާއި ހޮޑުލުމަށްފަހު ފެންބުއިމަށްފަހު އެޒުވާނާ ނިދީ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ބުނެފައެވެ. އެޒުވާނާ މަރުވެފައިވާ ކަން އެނގުނީ އޭގެ އަނެއް ދުވަހުގެ ހެނދުނު ކޮލެޖަށް ދާން ނުތެދުވުމުން އެނާގެ މަންމަ ގޮސް ބެލި ބެލުމުންނެވެ.

އޮޓޯޕްސީ ހެދުމުން ރިޕޯޓުތައް ދެއްކިގޮތުގައި އެޒުވާނާ މަރުވެފައިވަނީ ފުޑް ޕޮއިޒަނިންގގެ (ކާނާ ވިހަވުމުގެ) ސަބަބުންނެވެ. އަދި ބެކްޓީރިއާއެއްގެ ސަބަބުން އޭނާގެ ފުރަ މޭ ('ލިވާ') ފެއިލްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިންވެސް އެޤައުމުގައި ފުރިޖު ނުކޮށް ފަސް ދުވަސް ކުރިން ހަދާފައިވާ ޕާސްތާ، ހޫނުކުރުމަށްފަހު ކެއުމުގެ ސަބަބުން ޒުވާނަކު ވަނީ މަރުވެފައެވެ. ގިނަ ދުވަސްވީ ނުވަތަ ގިނަ ވަގުތު ވެފައި ހުރި އެފަދަ އެއްޗެހި ނުކެއުމަށް ޑޮކްޓަރުން އަބަދުވެސް އަންނަނީ ލަފާ ދެމުންނެވެ.
ހިޔާލު