Dheenai Gaumuge Himaayathugai Alhan jehunu Komme Fiyavalheh Alhaanan: Minister Imran
image
4 ކޮމެންޓް
 

ދީނާއި ގައުމުގެ ހިމާޔަތުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: އިމްރާން

އިސްލާމް ދީނާއި، ދިވެހި ގައުމުގެ ހިމާޔަތުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއްނެތި އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެ، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.


ހޯމް މިނިސްޓަރު ކުއްލި ގޮތަކަށް މިހެން ޓްވީޓެއް ކުރައްވާފައިވާ ސަބަބެއް ސާފުވެފައެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި ދީނީ ހިޔާލު ތަފާތުވުންތަކެއް އުފެދި އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މިދިޔަ ހަފްތާ ވަނީ ހޫނު ގަދަ ބަހުސްތަކެއް ކުރެވިފައެވެ.

ހޯމް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި، ރައްޔިތުންގެ މާލިއްޔަތުން ނުހައްގުން ގެއްލިފައިވާ އަނބުރާ ހޯދުމަކީ ބޮޑު އަމާޒެއް ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް ގާނޫނު ކުރިމަތީގައި އެންމެ ހަމަހަމަ ކުރައްވާނެ ކަމަށާއި، ގާނޫނީ ބާރު އެންމެންގެ މައްޗަށް ހިންގަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އިމްރާން ހޯމް މިނިސްޓަރަކަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު ސްޕްރީމް ކޯތުން ވަނީ އިމްރާނުގެ ޖަލު ހުކުމް ބާތިލްކޮށްފައެވެ.
ހިޔާލު

މީ

މިބުނަނީ ކޮން ދީނެއްގެ ވާހަކަބާ؟ ތިމާ އެބަޔަކާ ބައިޔަތު ހިފައިގެން ތިބި މީހުންގެ ތެރޭން މީހުން އަޅަމެންގެ މާތްވެގެން އިސްލާމް ދީނަށް ފުރައްސާރަ ކުރާއިރު ތިހުންނަނީ ކަހާތަން ހިރުވާނުލާ، ދެން ކޮން ވާހަކައެއް މިދައްކަނީ؟

ކޮލެޖް ބޯއީ

އެ ބުނަނީ އަދީބު ކޮންމެގޮތެއްވިޔަސް ބަހައްޓާނީ ޖަލުގޯތީގައޭ

އަލިބޭ

އިންޑިޔާ އަށް މި ގައުމު ހިބައިން ދިނުމަށް އެމް.ޑީ.ޕީ އިން ކުރަމުންދާ މަސައްކަތް ހުއްޓުވާދީ

ނަޖީބު

ބައެއްބޭފުޅުން ދީނޭ ގައުމޭ ވިދާޅުވެ ކުރައްވާ ކަންކަމުގެ ސަބަބުން މީހުންގެ ހިތުގައި އުފެދިފައިވަނީ ހާދަ އެހެންކަހަލަ ޝުޢޫރެކޭ.