Iulaanaai Ehgothah Hulhumale' Beach Sarahahdhu Hus Kuraanan : HDC
image
ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށް..
ޝާދިން މުހައްމަދު
3 ކޮމެންޓް
 

އިއުލާނާއި އެއްގޮތައް ހުޅުމާލެ ބީޗް ސަރަހައްދު ހުސްކުރާނަން: އެޗްޑީސީ

އެޗްޑީސީން މިދިޔަ އަހަރު ޑިސެމްބަރ މަހު ހުޅުމާލެ ބީޗް ކެފޭތަށް ނެގުމަށް ބުނެ ނެރުނު އިއްލާނާއި އެއްފަދައިން އެކަން އެގޮތަށް ކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީގެ އޮފިޝަލެއް މައުލޫމާތު ދެމުން ބުނީ މިދިޔަ އަހަރު ނެރުނު އިއްލާނުގައިވާފަދައިން މިމަހުގެ ނިޔަލަށް އެ ކެފޭތައް ނުނަގައިފި ނަމަ އެޗްޑީސީން އެތަން ރޫލާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ބީޗު ފަރާތުގައި ހަދާފައިވާ އެއްވެސް ކެފޭއަކީ ހުއްދައެއް ހޯދައިގެން ހަދާފައިވާ ތަނެއް ނޫންކަމަށެވެ. ހުޅުމާލޭ ބީޗުގައި ހުރި ގަސްތައް ކޮށާ ހަޓު، ގޮނޑި އަދި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ ހުއްދަ ކުރާކަމެއް ނޫންކަމަށް އެޗްޑީސީން ބުނިއެވެ.

ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ސަރަޙައްދަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލޭ ޒިޔާރާތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އާންމު ސަރަޙައްދެއް ކަމަށް އެޗްޑީސީން ބުނިއެވެ. އަދި އެސަރަހައްދަކީ އެޗްޑީސީން ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ވަކިގޮތަކަށް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެއް ކަމަށްވެސް އެޗްޑީސީން ބުނިއެވެ.

އެޗްޑިސީން ބުނީ ހުޅުމާލެ ބީޗް ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލައި އާންމު ކުރާނެ ކަމަށެވެ. އަދި އެ އުސޫލުގައި އެ ސަރަހައްދުން މިހާރުވެސް ލިބެމުންދާ ހިދުމަތްތައް ލިބޭނެ ގޮތް ހަދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ދީފައިވާ މުއްދަތަށް އެތާ ބެހެއްޓިފައި ހުރި ތަކެތި ނުނަގައިފިނަމަ، އެޗްޑީސީން އެ ސަރަހައްދު ސާފު ކުރުމުގައި ތަނުގައި ބެހެއްޓިފައިވާ އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީ ހުޅުމާލެ
ހިޔާލު

ނ

ބަރާބަރު

ކިމް

ނުވާނެ ތިކަމެއް އެއައްވުރެ ގަދަބާރުން އުޅޭ ބައެއްގެ ތަނެއް އެއީ

ޟކުތޖޮޖ

👍🏾