Vakin Cigarette Vikkun Manaakuran Cabinetun Raees ah Lafaa Aruvaifi
image
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ތައީސް ސޯލިހު.-- ފޮޓޯ: ރައީސް އޮފީސް
5 ކޮމެންޓް
 

ވަކިން ސިނގިރޭޓު ވިއްކުން މަނާކުރަން ކެބިނެޓުން ރައީސް އަށް ލަފާ އަރުވައިފި

ވަކިން ސިނގިރޭޓު ވިއްކުން މާނާކުރާ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް މިއަދު ލަފާ އަރުވައިފި އެވެ.
ވަޒީރުންގެ މަޖިލީހުން އެކަމަށް ރައީސް އަށް ލަފާއެރުވީ ހެލްތް މިނިސްޓްރީން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ އެ ގަވާއިދު ތަންފީޒު ކުރުމަށް ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްހީ އިންޒާރު ޖެހުމަށާއި، ވަކި ސިގިރޭޓް ވިއްކުން ހުއްޓާލުމަށް ގަވާއިދު އެކުލަވާލައި ގާނޫނީ އިޖުރާއަތުތައް މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ. އަދި ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްހަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ލާޒިމު ކުރާ ކަންކަމެވެ.

އޭގެ އިތުރުން ސުޕާރީ، އެނާޖީ ޑްރިންކްސް އަދި ހަކުރުގިނަ ބުއިންތައް ފަދަ ސިއްހަތަށް ނުރަނގަޅު ބާވަތްތަކުން ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު އެކުލަވާލީ ވެސް އެ މަސައްކަތުގެ ދަށުންނެވެ.
ހިޔާލު

ޑިމޮކްރަސީ

ދުންފަތް އެތެރެކުރުން ހުއްޓާލަންވީނު އޭރުން އެންމެ އެއްޗެއްވެސް ވިއްކާކަށް ނުޖެހޭނެ

ސސ

ސިގިރެޓް ޓިއުޓީ ކުޑަކޮއްފަ ޑުރަގު ހުއްޓުވަންވީ

ކޮއްކޮ

މިފަހަރު އެމްޑީޕީ މެމްބަރުން އޮޅާލަން ފެނޭ.

ބުރޯ

މިފަހަރު ވޯޓު ދޭނީ 5 އަހަރަށް ވާވަރަށް ސިނގިރޭޓު ދޭ މީހަކަށް...

މޯޑް

ރައީސް ތިކަމާ ގުޅިގެން ވޯޓަށް އަސަރު ކުރާނެ.