Vazeefa nethi vazeefa hoadhan ulhey faraaiythakah inaayatheh
image
ވަޒީފާނެތި ވަޒީފާ ހޯދަންއުޅޭ ފަރާތްތަކަށް އިނާޔަތެއް
5 ކޮމެންޓް
 

ވަޒީފާނެތި ވަޒީފާ ހޯދަންއުޅޭ ފަރާތްތަކަށް އިނާޔަތެއް

ވަޒީފާއެއް ނެތިގެން ވަޒީފަ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިނާޔަތްތަކެއް ދެވޭނެ ކަރުދާހެއް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ހުށަހަޅައިފިއެވެ.
އެން އެކުލަވާލެވޭ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވާ ވަޒީފާއާއި ބެހޭ ޤާނޫގުގެ އިސްލާހު ހާމަކޮށް މިއަދުވަނީ އާންމުންގެ ހިޔާލަށް ހުޅުވާލާފައެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ކަރުދާހުގައި ވާގޮތުން ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ކަނޑައަޅާފައިވަނީ ދެ ގެޓަގަރީއަކަށް ބަހާލައިގެންނެވެ.

އެގޮތުން އޭލެވެލް ފާސް ނުވަތަ އެއަށް ވުރެ ދަށް ފާހެއް އޮންނަ ފަރާތްތަކުގެ އިތުރުން ގްރޭޑް 12 އާއި ހަމައިން ސްކޫލުން ވަކިވެފައިވާ ފަރާތްތަކާއި އޭލެވެލް ފާހަށް ވުރެ މަތީ ފާސްތައް އޮންނަ ފަރާތްތައްވަނީ ދެ ކެޓަގަރީއަކަށް ބަހާލާފައެވެ.

މި ދެކެޓަގަރީގެ މީހުންގެ ތެރެއިން ވަޒީފާއެއް ނެތިގެން ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް 1500 ރުފިޔާ އާއި 2500 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދިނުމަށްވަނީ ކަރުދާހުގައި ހުށަހަޅާފައެވެ.
އެމްޑީޕީ ވަޒީފާ
ހިޔާލު

ރައްޔިތުން

ސަރުކާރުގައި އެއްވެސް އިރެއްގައި އުޅެފަ މިހާރު ވަޒީފާގައި ނެތި ދުނިޔޭގައި ކޮންމެ މީހަކަށް އެމީހަކު ނިޔާވަންދެން 17500.00ރ ސަތާރަ ހާސް ފައްސަތޭކަ ދޭންވީ

ރައްޔިތުން

ވަޒީފާގައި ނޫޅޭ ކޮންމެ މީހަކަށް 25000.00rufiyA ފަންސަވީސް ހާސް ރުފިޔާ ދޭނަން

ހިލަބެ

ވަރަށް ރަނގަޅު މަސައްކަތް ކުރުމަށް އެޅޭބާރަކަށް ވާނެކަމަށް އުއްމީދު ކުރަން

ސްޓޫޑެންޓް ނާރސް

އަޅުގަނޑުމެން ސްޓޫޑެންޓް ނާސަސް އަށް އިނާުުޔަތެއް ދެއްވިއްޔާ މާ ރަނގަޅު ނޫންތޯ.ކޮންމެ ތިން މަހުން ހޮސްޕިޓަލް އަށް ނިކުމެ އެތާ މުވައްޒަފުންނާ އެއްވަރަށް މަސައްކަތް ކުރަން އެބަ.ގިނަ ކުދިންނަކީ ރަށްރަށުން އައިސް ކިޔަވަން އުޅޭ ކުދިން.😔

އަޒާން

އިޚުލާސްތެރި ކަމެއްނެތް ތިޔައީ އިލެކްޝަން އާ ދިމާކޮށް ހުށައެޅި ހުށައެުމަކަށް ވިމާ ކަޑަ

ކޮންމެ ބޮލަކަށް 2000 ދޭށޭ ބުނެ. ހެހެހެ