Amir ge dharifulhu Junaid ves act kuran fashanee
image
އާމިރު އާއި ޖުނައިދު...
މުހައްމަދު މުސްޠަފާ
1 ކޮމެންޓް
 

އާމިރުގެ ދަރިފުޅު ޖުނައިދުވެސް އެކްޓްކުރަން ފަށަނީ

މަޝްހޫރު ފިލްމީތަރި އާމިރު ހާންގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނެރެން ރަނގަޅު ސްކްރިޕްޓަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް އާމިރު ހާން ބުނެފި އެވެ.
ޖުނައިދު އަކީ ކުރިން ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑްގައި ފައިހަރު ކޮށްލާނެ ކަމަށް ބެލެވުނު ފަރާތެކެވެ. އޭނާ ވަނީ އާމިރު ފެނިގެންދިޔަ "ތްރީ އިޑިއަޓްސް" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ފެނިފައެވެ.

އާމިރު ބުނަނީ، ޖުނައިދު އެކްޓް ކުރަން ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި އޭނާ އެކްޓް ކުރަން އާއިލާ އިން ވެސް ވަރަށް ބޭނުންވާ ކަމަށެވެ.

އިތުރަށް އާމިރު ބުނެފައިވަނީ، ސްކްރީން ޓެސްޓަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެ ޓެސްޓުން ފާސް ނުވެއްޖެނަމަ ޖުނައިދަށް އެކްޓް ނުކުރެވޭނެ ކަމަށެވެ.

އާމިރު ބުނީ، ޖުނައިދުގެ އެކްޓިންތަކެއް މީގެ ކުރިން ފެނިފައިވާ ކަމަށާއި، އޭނާގެ ގައިގައި އެކްޓް ކުރުމުގެ ހުނަރު އެބަހުރި ކަމަށެވެ. އެހެން ކަމުން މިހާރު ރަނގަޅު ސްކްރިޕްޓެއް ބަލަމުން އަންނަ ކަމަށް އާމިރު ބުންޏެވެ.

އުމުރުން 27 އަހަރުގެ ޖުނައިދު އަކީ އާމިރުގެ ދެވަނަ ކައިވެންޏަށް ލިބުނު ދެކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާއެވެ. ޖުނައިދާ ޖެހިގެން ދެން ހުންނާނީ އިރާ ހާން އެވެ.
ހިޔާލު

ޢަލީ

ފުރަތަމަ ކައިވެނި،