Youtube in 50 Million meehun beli Furathama Telugu Film akah Allu ge DJ
image
ޑީޖޭގައި އައްލޫ ފެނިގެންދާ ބައެއް ގޮތްތައް---
0 ކޮމެންޓް
 

ޔޫޓިއުބު އިން 50 މިިލިއަން މީހުން ބެލި ފުރަތަމަ ތެލުގޫ ފިލްމަކަށް އައްލޫގެ 'ޑީޖޭ'

ޔޫޓިއުބު އިން 50 މިިލިއަން މީހުން ބެލި ފުރަތަމަ ތެލެގޫ ފިލްމަކަށް އައްލޫގެ 'ދުވަންޑާ ޖަގަންނަމްދަމް (ޑީޖޭ)' ހޮވިއްޖެއެވެ.
އައްލޫއާ އެކު ޕޫޖާ އިންދްޖް ފެނިގެންދިޔަ ޑީޖޭ ނެރެފައިވަނީ 2017 ވަނަ އަހަރުހެ ޖޫން މަހުގެ ތެރޭގައެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރު ދިލް ރާޖޫގެ އޮފިޝިއަލް ޔޫޓިއުބް ޗެނަލް އަށް އެ ފިލްމު އަޕްލޯޑް ކުރީ އެ އަހަރުގެ ޑިސެމްބަރު މަހުތެރޭގަ އެވެ.

އެގޮތުން މިއީ ތެލުގޫ ފިލްމެއް 50 މިލިއަން މީހުން ޔޫޓިއުބުން ބެލި ފުރަތަމަ ފަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އެފިލްމު ވަނީ މިދިޔަ އަހަރު ހިންދީ ވާޝަނުގައި ވެސް ޔޫޓިއުބް އަށް އަޕްލޯޑު ކޮށްފައެވެ.

އުމުރުން 35 އަހަރުގެ އައްލޫއަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. ގިނަ އެވޯޑުތަކެއް އޭނާއަށް ލިބިފައިވާއިރު އޭނާ ވަނީ ފަސް ފަހަރު ފިލްމު ފެއާ ސައުތް އެވޯޑުވެސް ހޯދާފައެވެ.

"އާރްޔާ" އާއި "ރޭސް ގަރާމް" އަދި "ޔުވާދު" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އައްލޫ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ނެރުނު ފިލްމު "ނާ ޕެރޫ ސުރްޔާ، ނާ އިއްލޫ އިންޑިއާ" އިންނެވެ.
ހިޔާލު