Boardah Vagah Theyo Fuel Supply in 41 Million ge Theyo Dhookuri Massalaigai Kureege MD Vazeefain Vakikoffi
image
3 ކޮމެންޓް
 

ބޯޑަށް ވަގަށް ފިއުލް ސަޕްލައިން 41 މިލިއަނުގެ ތެޔޮ ދޫކުރި މައްސަލާގައި ކުރީގެ އެމްޑީ ވަޒީފާއިން ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ފިއުލް ސަޕްލައިގެ އެމްޑީއަކަށް ހުންނެވި ހުސައިން ދީދީ އެކުންފުނީގެ ބޯޑަށް ވަގަށް 41 މިލިއަން ރުފިޔާގެ ތެޔޮ ކުންފުނިތަކަކަށް ދޫކޮށްފައިހުރި މައްސަލައެއްގައި އޭނާ ވަޒީފާއިން ވަކިކޮށްފިއެވެ. muni
އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިއުލް ސަޕްލައިގެ ކުރީގެ އެމްޑީ ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން އެ މައްސަލަ އޭސީސީއަށް ފޮނުވަން ނިންމައި، އޭނާ މިހާރު ހުރި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް، ރީޖަނަލްގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

"އޮޑިޓް ރިޕޯޓަށް ބެއްލެވުމަށްފަހު ކުންފުނީގެ ބޯޑުން ނިންމީ ހިޔާނާތުގެ މައްސަލަތަކެއް ހުރި ކަމަށް، އެހެންވެ ވަޒީފާއިން ވަކިކުރުމަށް" އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސީއެންއެމަށް އެގިފައިވާ ގޮތުގައި ހުސައިން ދީދީ ވަނީ ފިއުލް ސަޕްލައިގެ ބޯޑުން ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާގެ ތެޔޮ ދޫކޮށްފައެވެ. އަދި މީގެ ތެރެއިން ބައެއް ކުންފުނިތަކަށް ދޫކޮށްފައި ހުރި ތެލުގެ ފައިސާ ފިއުލް ސަޕްލައިއަށް ލިބިފައިވާއިރު، 21 މިލިއަނަށް ވުރެ ގިނަ ފައިސާ އަދި އެ ކުންފުންޏަށް ލިބިފައެއް ނުވެއެވެ.

ފިއުލް ސަޕްލައިން ތެޔޮ ދޫކޮށްފައި ވަނީ ކޮން ކުންފުނިތަކަކަށް ކަމެއް ސާފެއް ނުވެއެވެ.

މިކަމާއި ގުޅިގެން ހުސައިން ދީދީ ފޯނަށް ޖަވާބު ނުދެއްވާތީ ހުސައިން ދީދީގެ ބަހެއް ލިބޭގޮތް ވަނީ ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހުސައިން ދީދީ ފިއުލް ސަޕްލައިގެ އެމްޑީއަކަށް އަންޔަން ކުރައްދެން ހުންނެވީ އެސްޓީއޯ ގދ.ތިނަދޫ ފިހާރައިގެ މެނޭޖަރަކަށެވެ.
ހިޔާލު

ދޮންބެ

މީހުން ލައްވާ ތިފާޑުގެ ކަންކަން ކުރުވާފަ ފައިދާ ނަގައިގެން ޔާމީނު ބޯ ދަމައިގަނެގެން އެހުންނަނީ. ތިގޮތައް ކިތައް މީހުންގެ އަބުރު ދުއްވާލައިފި މުލުވަގު ޔާމީނު

ޅަބޭބާ

ތިވާހަކަ ބުނެވިއްޖެނު! ތި ނިމުނީ! ތި ތެލެއް ގެ ބޮޑުބައެއް މިސަރުކާރުތެރޭގެ ބޭފުޅުންނަށް ވެސް ވާނީ ލިބިފައި! މައްސަލަ ނިމުނީ!

ދދދ

ޔާމިނުގެ މީހުން އަބަދުވެސް ގައުމުދަވާލާނެ