Amy Jackson Anna aharu Kaiveni Kuranee
image
އެމީ ޖެކްޝަން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެމީ ޖެކްޝަން އަންނަ އަހަރު ކައިވެނި ކުރަނީ

ބްރިޓީޝްގެ މަޝްހޫރު އެކްޓަރެސް އަދި މޮޑެލް އެމީ ޖެކްޝަން އޭނާގެ ލޯބިވެރިޔާ ޖޯޖު ޕަނައްޔޯތާ އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އުމުރުން 26 އަހަރުގެ އެމީ ވަނީ މިއަހަރުގެ ފުރަތަމަ ދުވަހު (އެކެއް ޖެނުއަރީ) ޖޯޖު އާ އެންގޭޖުވެފައެވެ. އިންސްޓަގުރާމު މެދުވެރިކޮށް އެމީ އެކަން ހާމަކޮށްފައިވާއިރު ގިނަ ބަޔަކު ތިބީ އޭނާ ކައިވެނި ކުރާނެ ތާރީހަކަށް ކެތް މަދުވެފައެވެ.

އެމީ އާބެހޭ ގޮތުން އެންމެ ފަހުގެ ހަބަރުތަކުން ބުނާގޮތުގައި އެނާ އަންނަ އަހަރު ކައިވެނި ކުރާނެއެވެ. އަދި ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ ގްރީކް ސްޓައިލަށެވެ.

ގްރީކުގެ ގޮނޑުދަށް ސަރަހައްދުގައި ކައިވެނީގެ ހަފްލާ ބޭއްވުމަށް ރީތި ތަނެއް ހޯދަމުން އަންނަކަމަށް ރިޕޯޓުތައް ބުނާއިރު އެކައިވެންޏަކީ ކްރިސްޓިއަންގެ ސަގާފަތަށް ކުރިއަށް ގެންދާ ކައިވެންޏެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެކަމާ ގުޅިގެން އެމީ ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

އެމީ އާއި ޖޯޖު ލޯބީގެ ގޮތުން ގުޅިފައިވަނީ 2015 ގައެވެ. ފިލްމު އިންޑަސްޓްރީއަށް ނިސްބަތް ނުވާ ޖޯޖަކީ އިނގިރޭސި ވިލާތުގެ މުއްސަނދި މީހެއްގެ ދަރިއެކެވެ. 30 އަހަރުގެ ޖޯޖާ އެމީ ކައިވެނި ކުރުމަށްފަހު ދިރިއުޅުމަށް ނިންމާފައިވަނީ އިނގިރޭސި ވިލާތުގައި ކަމަށް އިންޑިއާގެ ހަބަރުތަކުން ވަނީ ބުނެފައެވެ.

އެމީ ވަނީ ތަމިލް ފިލްމުތަކުގެ އިތުރުން ބޮލީވުޑު މަޝްހޫރު ފިލްމުތަކުގައި ވެސް މިހާޜު މަސައްކަތް ކޮށްފައެވެ. އެމީ އެންމެ ފަހުން ފެނިގެން ދިޔައީ 2.0 އިންނެވެ.
ހިޔާލު