Actor Dick Miller Maruvejje
image
ޑިކް މިލާ---
0 ކޮމެންޓް
 

އެކްޓަރ ޑިކް މިލާ މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު އެކްޓަރ ޑިކް މިލާ މަރުވެއްޖެއެވެ.
އުމުރުން 90 އަހަރުގެ މިލާ މަރުވެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަކޮށްފައިނުވާއިރު އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ މިދިޔަ ދުވަސްކޮޅު އުޅުނީ ބަލިވެއެވެ. އަދި އޭނާ މަރުވެފައިވަނީ މުސްކުޅިބަލީގެ ސަބަބުން ކަމަށް ވެސް ރިޕޯޓުތައް ދައްކައެވެ.

މުޅި އިންޑަސްޓްރީ އަށް ޝޮކެއް ލިބިފައިވާއިރު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ ގައި ހިތާމަ ފާޅުކުރަމުންނެވެ. މިލާ މަރުވިއިރު އޭނާގެ އަންހެނުންނާއި އެއް އަންހެން ކުއްޖަކު ހުރެއެވެ.

1950 ގައި ފިލްމީ ކެރިއަރު މިލާ ފަށާފައިވާއިރު 180 ވުރެ ގިނަ ފިލްމާއި ޓީވީ ޝޯތަކުން މިލާ ވަނީ ފެނިފައެވެ. މިލާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި: ބަރީއިން ދަ އެކްސް، ޕަލްޕް ފިކްޝަން، ޓާމިނޭޓާ، ސްމޯލް ސޯލްޖާސް އަދި އެވިލް ޓޫންސް ހިމެނެއެވެ.
ހިޔާލު