Azma aai aalia ah kulli rihumeh, beynunvanee dheelathi ehee
image
އަޒްމާ--
2 ކޮމެންޓް
 

އަޒްމާއާއި އާއިލާއަށް ކުއްލި ރިހުމެއް، ބޭނުންވަނީ ދީލަތި އެހީ

ފުރާވަރަކީ ގިނަ ހުވަފެންތަކެއް ދެކޭ ދުވަސްވަރެކެވެ. މަތީ ތައުލީމު ހާސިލުކޮށް ކުރިއަށްދާނެ ދާއިރާ ކަނޑައަޅާއި ރައްޓެހިންނާއެކު އެންމެ ގަދައަށް ސަކަރާތް ޖަހާނެ ދުވަސްވަރެވެ. އެކަމަކު، ކުއްލިއަކަށް ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެއްޖެނަމަ އެ ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑުވީ އެވެ.
ހދ. ކުޅުދުއްފުއްޓަށް އުފަން އެރަށު ބަދުރު، އަޒްމާ އަބްދުﷲ އަށް އަދި އެންމެ 17 އަހަރެވެ. މިއީ އަޒުމާގެ ވެސް ފުރާވަރު ދުވަސްތައް ނަމަވެސް އެހެން ކުދިންނާއި ހިލާފަށް އަޒުމާގެ އުންމީދުތައް މިވަނީ އެފުށްމިފުށަށް ޖެހިފައެވެ. ސަބަބަކީ އަބަދުވެސް ވަރުބަލިވާތީ މާބޮޑު ކަމެއް ކޮށް އޭނާއަށް ނޫޅެވުމެވެ. އެކަމާއި ގުޅިގެން ކޮންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކެވުން ބުނަމުން އަންނަނީ ލޭ މަދު ކަމަށެވެ.

ސީއެންއެމްއާ ވާހަކަ ދައްކަވަމުން އަޒްމާގެ އެއްބަނޑު ދައްތަ، ބުނީ، އަޒްމާއަކީ ތެލެސީމިއާ ކުއްޖެއް ނޫން ނަމަވެސް އޭނައަށް އަބަދު ލޭ ދަށަށް ދާން ޖެހޭ ސަބަބު ހޯދުމަށް ބޯންމެރޯ ސާމްޕަލް ޓެސްޓު ހެދުމަށް ޑޮކްޓަރުން ލަފާދިން ކަމަށެވެ.

"އަޒޫއަކީ ބީޓާ ކެރިއަރެއް، މިދިޔަ އަހަރު ނޮވެމްބަރު މަހުގަ ވަރަށް ބޮޑަށް ލޭ ދަށަށް ގޮސްގެން ޑޮކްޓަރުން އެންގީ ބޯންމެރޯ ސާމްޕަލް ޓެސްޓު ހަދަން ބޭރަށް ދިއުމަށް. އެހެންވެ، މިދިޔަ ޑިސެމްބަރު 20 ގަ ގޮވައިގެން ގޮސްފަ ލޭ އެޅީ، އޭރުގަ ޑޮކްޓަރުން ބުނީ، ބޯންމެރޯ ހަލާކުވެގެންނޭ ލޭ މަދުވަނީ އެޕްލާސްޓިކް އެނީމިއާ ޖެހިފައޭ އަޒޫއަށް. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޑޮކްޓަރުން ލަފާދެނީ." ދައްތަ ކިޔައިދިނެވެ.

ދައްތަ އިތުރަށް ބުނީ، އިންޑިއާގައި ފަރުވާ ހޯދުމަށް ފަހު، އަޒުމާ އެނބުރި ރާއްޖެ އައީ މިމަހުގެ 18 ގައި ކަމަށެވެ. އެކަމަކު، މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް ލޭ ވަރަށް ބޮޑަށް ދަށްވެގެން މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ އިންޑިއާއަށް ފުރާފައެވެ. މިހާރު އޭނާ އޮތީ ކޮޗިންގައި ހުންނަ، އަމްރިތާ ހޮސްޕިޓަލުގައެވެ.

"މިފަހަރު އަޒޫއާއެކު މަންމައާ ބައްޕަ އަދި ކޮއްކޮ ވެސް ވީ އިންޑިއާއަށް ގޮސް. ކޮއްކޮ ގޮވައިގެން ދިޔައީ ކޮއްކޮގެ ބޯންމެރޯ މެޗު ވެއްޖެޔާ އަޒޫއަށް ހަދިޔާ ކުރަން ވެގެން. މިހާރު ޓެސްޓުތައް ހަދާފަވީ، ދެ ހަފުތާ ފަހުން އެނގޭނީ މެޗުވާ ކަމެއް ވެސް." ދައްތަ ކިޔައިދިނެވެ.

ދަރިފުޅުގެ ސިއްހީ މައްސަލައަށް ހައްލެއް ހޯދުމަށް އަޒުމާގެ މަންމަ އިންޑިއާއަށް ފުރައިގެން ދިޔައީ ނޯ ޕޭ ލީވްގައެވެ. އެހެން ކަމުން، މިހާރު އާއިލާގައި އާމްދަނީ ލިބޭނެ މީހަކަށް ހުރީ އޭނާގެ ދައްތަ އެކަންޏެވެ. ފަރުވާގެ ކަންކަން އާސަންދައިން ހަމަޖެއްސުން ނަމަވެސް، އެކޮޅުގައި ކެއުމާއި ހުރުމަށް ވެސް ބޮޑު ހަރަދުތަކެއް ހިނގާނެއެވެ.

އަޒްމާގެ ފުނޑުފުނޑުވި ހުވަންފެންތަކުގައި އަލުން ކުލަ ޖައްސާލެވެން އޮތީ ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމާއެކު ވެސް މެއެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އަޒްމާގެ މަންމަ: 7904748
އަޒްމާގެ ދައްތަ: 7888157
ޑޮލަރު އެކައުންޓް ނަމްބަރު: އާމިނަތު އަލީ 7713348122102
ރުފިޔާ އެކައުންޓު ނަމްބަރު: 7706348122101

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ސސ

ޢަވަސް ޝަފާޔަކަށް އެދެން އާއިލާޔަށް ކެއްތެރިކަން ދެއްވާށި !

🗣

އަވަސް ޝިފާއަކަށް އެދެން... އިންޝާﷲ
☺😊❤