MMA aa dhimaa Falhu thereyah saikaleh vettijje
image
ވެއްޓުނު ސައިކަލު ވާ ޖަހާގެން ނަގަނީ...
2 ކޮމެންޓް
 

މާލޭ ފަޅުތެރެއަށް ސައިކަލެއް ވެއްޓިއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އާ ދިމާ ފަޅުތެރެއަށް ސައިކަލެއް ވެއްޓިއްޖެއެވެ.
އެ ސައިކަލު ވެއްޓުނީ ކީއްވެގެން ކަމެއް ސާފުވާގޮތެއް ވަނީ ނުވެފައެވެ. އެއީ ދުއްފާވައި ދިޔަ ސައިކަލެއް ކަމެއް ވެސް ނޭނގެއެވެ.

ސޯޝަލް މީޑިއާގައި އާންމުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އާންމުންނާއެކު ޕޮލިހުންވެސް އެ ސައިކަލު ނެގުމުގައި ހަރަކާތްތެރިވެއެވެ.

މިކަމާގުޅޭ ގޮތުން ޕޮލިހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި ހަފްތާގެ ތެރޭގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏެއްގެ މައްޗަށް ކެރޭނެއް ވެސް ވަނީ ވެއްޓިފައެވެ.
ހިޔާލު

ާއައިޝީ

ތިއައްވުރެ ރަނގަޅުވީސް،މާލޭ ފަޅުތެރެއަށް ސައިކަލެއް ސްނޯކްލީން އަށް ގޮސްފިޔޭލިޔުން ނަމަވެސް

Zuhul

ތިޔައީ ޚަބަރެއް ނޫން، ނޫސްވެރިކަމޭ ކިޔައިގެން މީހަކު ނިދައިފި މިހެން ލިޔެ ގެން އެ ޚަބަރަކަށް ނުވާނެއެވެ.