PNC registry kohdheefi
image
ޕީއެންސީ ރެޖިސްޓްރީ ކޮށްދީފި
0 ކޮމެންޓް
 

ޕީއެންސީ ރަޖިސްޓްރީ ކޮށްދީފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްދީފިއެވެ.
ޕީއެންސީ ރަޖިސްޓްރީ ކޮށްދިނުމަށްފަހު ޕާޓީގެ ރަޖިސްޓްރޭޝަން ސެޓްފިކޭޓް އެޕާޓީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ އާއި އިލެކްޝަންސް ކޮމިޝަނުން މިރޭވަނީ ހަވާލު ކޮށްފައެވެ.


ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޕީއެންސީ އުފެއްދުމަށް އިލެކްޝަނަށް 5400 ފޯމް ހުށަހަޅައިގެން ސައްހަ ކުރެވިފައި ވަނީ 3100 ފޯމެވެ.

އިލެކްޝަނުން ބުނީ ޕީއެންސީ ހުށަހަޅާފައިވާ ގިނަ ފޯމް ތަކަކީ ސައްހަ ނޫން ފޯމްތައް ކަމަށެވެ.
އީސީ ޕީއެންސީ
ހިޔާލު