Machchangolhi Uthuru dhaairaage faris vaadha kurahvanee
image
ފާރިސް މައުމޫނު
0 ކޮމެންޓް
 

މައްޗަންގޮޅި އުތުރަށް ފާރިސް ވާދަކުރައްވަނީ

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.
ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު މިކަން ހާމަނުރެއްވީ މިރޭ ކުރެއްވި ޓްވިޓެއްގައެވެ.
ރައީސް މައުމޫނުގެ ފަޅީގެ ބޭފުޅުންގެ ތެރެއިން ފާރިސް މައްޗަންގޮޅި އުތުރަށް ވާދަކުރެއްވުމަށް ނިމްމެވިއިރު ރައީސް މައުމޫނުގެ ރިފޯމް މޫވްމަންޓްގެ އާމިނަތު ނާދިރާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ގަލޮޅު ދެކުނަށެވެ. އަދި އަބްދުﷲ ކަމާލުއްދީން ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ލ ފޮނަދޫ ދާއިރާއަށެވެ.

ރައީސް މައުމޫނުގެ ފަޅީގެ ބޭފުޅުން ވަދަކުރައްވާނެ ދާއިރާތައް އިއުލާނު ކުރައްވަމުން ގެންދަވާއިރު މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ރައީސް މައުމޫނު މިހަރުވަނީ ނިންމަވާފައެވެ.
ހިޔާލު