Kaiveneege ithuru Reception Party eh Kapil Baahvanee
image
ގިންނީ އާއި ކަޕިލް---
0 ކޮމެންޓް
 

ކައިވެނީގެ އިތުރު ރިސެޕްޝަން ޕާޓީއެއް ކަޕިލް ބާއްވަނީ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ، އޭނާގެ ލޯބިވެރިޔާ ގިންނީ ޗަޓްރަތާ މިދިޔަ އަހަރުގެ ޑީސެމްބަރު މަހު 12 ގައި ޖަލަންދަރުގައި ކައިވެނިކޮށްފައިވާއިރު ދެމީހުން ވަނީ މިދިޔަ އަހަރު ފަންނާނުންނަށް ހާއްސަކޮށް ރިސެޕްޝަން ޕާޓީއެއް މުމްބާއީގައި ބާއްވާފައެވެ. އަދި އިތުރު ރިސެޕްޝަން ޕާޓީއެއް ބާއްވަން އެމީހުން ވަނީ މިހާރު ނިންމާފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެޕާޓީ ބޭއްވުމަށް ނިންމާފައިވަނީ މިރޭގެ ވަގުތެއްގައެވެ. ދިއްލީގައި ބާއްވަން ހަމަޖެހިފައި އެޕާޓީއަކީ ކޮމިޑީނިއަންސް ޕްލިޓީޝަން އަދި ސަރުކާރުގައި މަސައްކަތް ކުރަމުންދާ ރަހުމަތްތެރިންނަށް ހާއްސަކޮށް ބާއްވާ ޕާޓީއެއް ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޕާޓީގައި ކަޕިލް އައި ގިންނީގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުން ވެސް ބައިވެރިވާނެއެވެ.

ކަޕިލް އާއި ގިންނީގެ ކައިވެނީގެ ހަފްލާގައި އޭނާގެ ރަހުމަތްތެރިންނާނާއި އޭނާއާއެކު މަސައްކަތް ކުރާ ބައެއް ފަރާތްތައް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ކްރިޝްނާ އަބީޝޭކް އާއި ބާރްތީ ސިންގް އާއި ސުމޯނާ ޗަކްރުވަތީ، އަދި ހަރްޝް ލިންބަޗިޔާ ހިމެނެއެވެ. ކައިވެނީގެ ފޮޓޯ މިހާރު އާންމު ވެފައިވާއިރު ގިނަ ބަޔަކު ވަނީ އެދެމީހުންނަށް މަރުހަބާ ކިޔާފައެވެ.

އުމުރުން 37 އަހަރުގެ ކަޕިލް އާއި 29 އަހަރުގެ ގިންނީ އެންގޭޖުވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. "ކޮމިޑީ ކިންގް" ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމިޑީ ޝޯތައް ކުރިއަށް ގެންގޮސްފައެވެ.
ހިޔާލު