Ishqbaaz in fenigendhiya Rudra dhen fenigendhaanee Gul khan ge Show akun
image
ލީނިޝް މައްޓޯ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިޝްގްބާޒް އިން ފެނިގެންދިޔަ ރުދްރަ ދެން ފެންނާނީ ގުލް ހާންގެ ޝޯއަކުން

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ އިޝްގްބާޒް އިން ރުދްރަ ސިންގް އޮބްރޯއީގެ ރޯލުން ފެނިގެންދިޔަ ލީނިޝް މައްޓޯ ދެން ފެނިގެންދާނީ ޑައިރެކްޓަރ ގުލް ހާނުގެ ޝޯއަކުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެއީ ގުލް ހާނުގެ ބިރުވެރި ސީރީޒަކުންނެވެ. އެގޮތުން އެޝޯގައި ލީނިޝް އާއެކު ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ ކަލީރެއިން އިން ފެނިގެންދިޔަ އަދިއްތީ ސަރުމާ ކަމަށާއި އެސީރީޒުގެ މަސައްކަތް މިމަހު މެދުތެރޭ ފެށިގެންދާނެ ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ.


ލީނިޝް ވަނީ މީގެ ކުރިން ސްޓާޕްލަސް އިން ދެއްކި ސުހާނީ ސީ އެކް ލަޅްކީ އިން ވެސް ފެނިފައެވެ. އަދި އަދިއްތީ ވަނީ ކަލާސް ޓީވީ އިން ދައްކަމުން އަންނަ ޝޯ ނާގިން 3 އިން ފެނިފައެވެ.

އިޝްކުބާޒް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެ ސީރީޒަކީ ތިން ބެއިންގެ ހަޔާތުގެ މައްޗައް ހަދާފައިވާ ސީރީޒެކެވެ.

އިޝްގްބާޒް ގައި އާ ޖެނިރޭޝަނެއް މިހާރު ފަށާފައިވާއިރު އެ ޝޯގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ ފަންނާނުން ވަނީ އެޝޯ ދޫކޮށްލާފަ އެވެ. އާ ޖެނިރޭޝަނާއެކު އެސީރީޒްގައި ފެނިގެން ގޮސްފައިވަނީ ކުރިން ފެންނަ ތަރިންގެ ތެރެއިން ހަމައެކަނި ނަކުލް މެހެތާ (ޝިވާއީ) އެކަންޏެވެ.
ހިޔާލު