Maafaru Moodhugai Meehaku Maruvefai Ohvaa Fenihje
image
ނ. މާފަރު--
0 ކޮމެންޓް
 

މާފަރު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ނ. މާފަރު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އަބްދުލްމާޖިދު އަލީ ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައި ވަނީ އެރަށު ފަޅު ތެރެއަށް ކަށި މަސް ހިފަން ގޮސް އުޅުނު މީހެއް ކަމަށެވެ.

މާޖިދު ވިދާޅުވީ، އެމީހާ މަރުވެފައި އޮތީ ފަޅު ތެރޭގައި ހެދިފައި އޮތް ވިނަތައް ކައިރީ ކަމަށެވެ. އެގޮތުން 9:30 ހާއިރު އެމީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާއިރު އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މާޖިދު ވިދާޅުވި އެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ ގާތްގަނޑަކަށް 50 އަހަރުގެ ފިރިހެނެކެވެ.
މަރު ފުލުހުން
ހިޔާލު