ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ދުނިޔެ
/
ދުނިޔެ
ޗައިނާ ރައީސް (ކ) އަދި ލަންކާގެ ރައީސް.
2 ފެބްރުއަރީ 2019
0 ކޮމެންޓް
Tweet
ޗައިނާ އިން ލަންކާ އަށް އެއް ބިލިޔަން ޑޮލަރުގެ ލޯނެއް ދެނީ
އަވައްޓެރި ސްރީ ލަންކާގައި ހައިވޭ އެއް ހެދުމަށް ޗައިނާ އިން އެ ގައުމަށް އެއް ބިލިޔަން ޑޮލަރުގެ ބޮޑު ލޯނެއް ދޭން އެއްބަސްވެއްޖެ އެވެ.
ޗައިނާގެ ދަރަނީގައި ޖެހި އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް ލަންކާ އިން އަނެއްކާ އިތުރު ލޯނެއް ނަގަން ނިންމީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެ ލޯނު ނަގައިގެން ހަދަނީ ވެރިރަށް ކޮލަމްބޯ އާއި ކެންޑީއާ ދެމެދުގައި އަޅަން ހަމަޖެހިފައިވާ ހައިވޭ ކަމަށް އެ ގައުމުން ބުނެ އެވެ.
ކޮންސެޝަނަލް ލޯނެއްގެ ގޮތުގައި ނަގާ އެއް ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި ދެ ގައުމުން ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސޮއިކުރާނެ ތާރީހެއް އެއްވެސް ގައުމަކުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގެ ދުވަސްވަރު އެ ގައުމުގެ އުމްރާނީ ތަރައްގީ އަށް އެތައް ބިލިޔަން ޑޮލަރެއްގެ ލޯނު ޗައިނާ އިން ނެގި އެވެ. ނަމަވެސް އެ ވެރިކަން ނިމި މިހާރުގެ ރައީސް މައިތިރިޕަލާ ސިރިސޭނާ ވެރިކަމާ ހަވާލުވުމާ އެކު އެ ލޯނުތައް އަނބުރާ ދެއްކުމަށް އެ ގައުމު އޮތީ ނުކުޅެދިފަ އެވެ.
އެގޮތުން ހަންބަންޓޯޓާ ޕޯޓް ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް 99 އަހަރަށް ވަނީ "ވިއްކާ" ލާފަ އެވެ. އަދި އެ ތަނުގެ ކައިރިން ބޮޑު ބިމެއް، އެ ކުންފުނިން އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރަން ވަނީ ދީފަ އެވެ.
ގުޅުންހުރި
ޗައިނާ
ލަންކާ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފި
3 ގަޑިއިރު ކުރިން
"ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރުވެން ޖެހޭނެ ބައެއް"
4 ގަޑިއިރު ކުރިން
އެކައުންޓްގައި 1 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެ އޭރުވެސް: ޔާމީން
6 ގަޑިއިރު ކުރިން
ގެއަކުން "ވެއްޓުނު" ކުނިކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެއްޖެ
6 ގަޑިއިރު ކުރިން
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާ އަށް
6 ގަޑިއިރު ކުރިން